ENGLISH

25 ނޮވެމްބަރު 2025

Advertisement

މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދިން މައްސަލާގައި ހަތަރު މެންބަރެއްގެ އަތުން ބަދަލު ހޯދަން ނިންމައިފި

25 ނޮވެމްބަރު 2025

|

ހަސަން އާމިރު

އިމްތިޔާޒާއި ސްލޫކް ކޮމިޓީން މިއަދު ބޭއްވި 11 ވަނަ ބައްދަލުން. --ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި އަދި މަޖިލީހުގެ ޖަލްސާއެއްގައި މައިކް ސިސްޓަމަށް ގެއްލުންދިން މައްސަލާގައި ހަތަރު މެންބަރަކަށް ފިޔަވަޅު އަޅައި، ގެއްލުމުގެ ބަދަލު އެ މެންބަރުންގެ އަތުން ހޯދަން މަޖިލީހުގެ ސުލޫކީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުޙައްމަދު މުގައްރިރުކަން ކުރައްވާ އިމްތިޔާޒާއި ސްލޫކް ކޮމިޓީން މިއަދު ބޭއްވި 11 ވަނަ ބައްދަލުވުމުގައި ފިޔަވަޅު އަޅަން ނިންމީ މަޖިލީހުގެ ޓެކްނިކަލް ކޮމިޓީއަކުން ތައްޔާރުކުރި ރިޕޯޓަކަށް ބެލުމަށް ފަހު އެވެ. އެ ރިޕޯޓުގައި ވަނީ މަޖިލީހުގެ ތަކެއްޗަށް ލިބުނު ގެއްލުމުގެ ތަފްސީލްތައް ހިމަނައިފަ އެވެ.

އިމްތިޔާޒާއި ސްލޫކް ކޮމިޓީގެ މުގައްރިރު އަބްދުއްލަތީފް މުޙައްމަދު. --ފޮޓޯ: މަޖިލިސް

ފިޔަވަޅު އަޅަން ނިންމި މެންބަރުންނަކީ:

  • މައުރޫފް ޒާކިރު - ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު
  • ހުސެއިން އިމްރާން ލަތީފް - ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު
  • ޑރ. އަހުމަދު ޝަމްހީދު - ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު
  • ހުސައިން ސަމީރު - ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު

މީޑިއާ ބިލާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި، މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި މައިކްރޮފޯނަކަށާއި ދެ މައިކްރޮފޯނުގެ ބޭސްއަށް ވަނީ ގެއްލުންވެފަ އެވެ. އެތަކެއްޗަށް ލިބުނު ގެއްލުމުގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ 34،800ރ. އެވެ. ސުލޫކް ކޮމިޓީން މިއަދު ނިންމާފައި ވަނީ މި އަދަދު ތިން މެންބަރުންގެ އަތުން ހޯދުމަށެވެ. އެއީ މެންބަރު މައުރޫފް ޒާކިރާއި ހުސެން އިމްރާން ލަތީފް އަދި ހުސައިން ސަމީރުގެ އަތުންނެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މައިކަށް ގެއްލުންދިން މައްސަލައެއްގައި ގެއްލުމުގެ ބަދަލު ހޯދަން ކޮމިޓީން ނިންމީ އަހުމަދު ޝަމްހީދުގެ އަތުންނެވެ. ގެއްލުން ދިން މައިކުގެ އަގަކީ 3،000ރ. އެވެ.

ކިޔުންތެރިންގެ ހިޔާލު