ENGLISH

25 ނޮވެމްބަރު 2025

Advertisement

ޕްރައިމަރީ ގްރޭޑުތަކުގެ ދަރިވަރުންގެ ފެންވަރު ވަޒަންކުރަން ބައިނަލްއަގުވާމީ އިމްތިހާނެއް ބާއްވަން ފަށަައިފި

25 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ޕްރައިމަރީ ސްކޫލެއްގެ ދަރިވަރުން ޓީޗަރުންނާއެކު، ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ސްކޫލުތަކުގައި ޕްރައިމަރީ މަރުހަލާގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ބައިނަލްއަގުވާމީ އިމްތިހާނެއްގައި ދަރިވަރުން ބަައިވެރިކުރުމުގެ ޕްރޮގުރާމު ފަށައިފިއެވެ. 

 އެސެސްމަންޓް ފޮރ މިނިމަމް ޕްރޮފިޝެންސީ ލެވެލް (އޭމްޕްލް) އިމްތިހާނު ޕައިލެޓްކޮށް ރާއްޖޭގައި ނަގަން ފަށަފައިވަނީ މާލޭގެ ސްކޫލުތަކާއި މާލޭ އަތޮޅުގެ ބައެއް ސްކޫލުތަކުގެ އިތުރަށް ސިޓީތަކަށް ނިސްބަތްވާ ބައެއް ސްކޫލުތަކުގެ ގްރޭޑު 3 އަދި ގްރޭޑު 6 އެއްގެ ދަރިވަރުން ބައިވެރިކޮށްގެންނެވެ. 

އޭމްޕްލް އިމްތިހާނަކީ  ޔުނެސްކޯ އިންސްޓިޓިއުޓް ފޮރ ސްޓެޓިސްޓިކްސް (ޔޫއައިއެސް) އާއި ދަ އޮސްޓްރޭލިއަން ކައުންސިލް ފޮރ އެޑިއުކޭޝަނަލް ރިސަރޗް (އޭސީއީއާރު) ގުޅިގެން ފަރުމާކޮށް ބާއްވަމުންދާ އިމްތިހާނެކެވެ. މިއީ މިހާރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ތަޖުރިބާކުރަމުންދާ އިމްތިހާނެކެވެ. 

މި އަހަރު ކުރިއަށްގެންދާ ޕްއިލެޓް ޕްރޮގުރާމުގެ ދަށުން ގްރޭޑު 3 އަދި 6 ގެ ދަރިވަރުންނަށް ދެނީ ކިޔުމާއި ހިސާބު އިމްތިހާނެކެވެ. މި އިމްތިހާނު ކުރިއަށްގެންދަނީ މިހާރުވެސް ޕްރައިމަރީ ގްްރޭޑުތަކުގެ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ދޭ ނާލޯ އިމްތިހާނާ އެއްގޮތަށެވެ. 

މި އިމްތިހާނުގެ ބޭނުމަކީ ޕްރައިމަރީ މަރުހަލާ ނިމޭއިރު ދަރިވަރުންގެ ފެންވަރު ހުރި މިންވަރު ވަޒަންކޮށް ބައިނަލްއަގުވާމީ މިންގަނޑުތަކުން އަޅައިކިޔައި، ބެންޗުމާކުކޮށް ދަރިވަރުންގެ މެދުގައި ހުރި ތަފާތުތަކަކީ ކޮބައިކަން ދެނެގަތުމެވެ. 

އަދި މި އިމްތިހާނު ވެގެންދާނީ ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކޮށް، މުގައްރަރަށް ގެންނަންވީ ބަދަލުތައް ދެނަގަނެ، މުދައްރިސުންގެ ތަމްރީނުތައް އިތުރަށް ފުރިހަމަކޮށް، ސްކޫލުތަކަށް ބޭނުންވާ ވަސީލަތްތަކަކީ ކޮބައިކަން އެނގި އެ ވަސީލަތްތައް ފުރިހަމަކުރުމަށް އެހީތެރިވާނެ ޑާޓާ ލިބޭނެ އިމްތިހާނަކަށެވެ. 

މާލޭގެ ސްކޫލްތަކާއި މާލެ އަތޮޅުގެ ބައެއް ސްކޫލްތަކުގައި މި އިމްތިޙާނު ކުރިއަށް ގެންދިޔައީ މި ހަފުތާގެ އާދީއްތަ އަދި ހޯމަ ދުވަހުއެވެ. ސިޓީތަކުގެ ސްކޫލްތަކުގައި މި އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު