ENGLISH

25 ނޮވެމްބަރު 2025

Advertisement

ގިރިފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު؛ބަންޑް ވޯލް ޖެހުމުގެ ތައްޔާރީތައް ކުރިއަށް

25 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ގިރިފުށި ބިންހިއްކުމާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށްދަނީ--ފޮޓޯ: އެމްޓިސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމުން އަންނަ، ކ.ގިރިފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެކުންފުނިން ބުނީ ބަންޑް ވޯލް ޖެހުމަށްވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

މި މަޝްރޫއަށް ބޭނުންވާ، ބޮޑުހިލައިގެ ޝިޕްމެންޓްވެސް މިހާރުވަނީ ސައިޓަށް ފޮނުވާފަ އެވެ.

ސިފައިން ތަމްރީނު ހަދާ ގިރިފުށީގެ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 8.3 މިލިއަން ރުފިޔާއަށެވެ.

ޤައުމީ ދިފާޢީ ބާރުގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ގިރިފުށީގެ ބިން ބޮޑުކުރުމަށް، އިތުރު 13 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއާއެކު އެރަށުގައި ބޭނުންވާ ވަޞީލަތްތައް ޤާޢިމްކުރުމަށް ބޭނުންވާ ޖާގަ ލިބޭނެއެވެ. މިކަމުގެ ސަބަބުން ސިފައިންގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭނެ އެވެ.

މީގެ އިތުރުން ސަރުކާރުން ފަށާފައިވާ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ކުދިން ތަމްރީނުކުރާނެ ޖާގައާއި ވަސީލަތްތައް ވެސް ލިބޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު