ENGLISH
24 ނޮވެމްބަރު 2025
"އުތުރު ހުވަދޫ ފަންނު އެކްސްޕޯ 2025" ވިލިނގިލީގައި ފަށައިފި
24 ނޮވެމްބަރު 2025
|
"އުތުރު ހުވަދޫ ފަންނު އެކްސްޕޯ 2025" ގެ ބައިވެރިންގެ މަސައްކަތްތައް--ފޮޓޯ:މޯލްޑިވްސް ޕޮލިޓެކްނިކް
މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން "އުތުރު ހުވަދޫ ފަންނު އެކްސްޕޯ 2025" ގެ ނަމުގައި ގއ. ވިލިނގިލީގައި ޙާއްސަ އެކްސްޕޯއެއް ފަށައިފި އެވެ.
ގއ.ވިލިނގިލީގެ ކައުންސިލް،ގއ.ވިލިނގިލީގެ ރަށު ކައުންސިލް، ބިޒްނަސް ސެންޓަރ ވިލިނގިލި އަދި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކުރިޔަށްގެންދާ މި އެކްސްޕޯއަކީ 22 ނޮވެމްބަރުން ފެށިގެން ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ރޭގަނޑު ދިހަޔަކަށް ކުރިޔަށް ގެންދާ ހަރަކާތެކެވެ.
ތަފާތު ފަންނުތައް ދައްކުވައިދިނުމަށް ކުރިޔަށް ގެންދާ މި އެކްސްޕޯގެ ބޭނުމަކީ ދިވެހިރާއްޖޭގެ ސަގާފަތުގެ މުއްސަނދިކަމާ، ރާއްޖޭގައި ނެތެމުންދާ އެތަށް ފަންނުތަކަކުން ދިވެހިން ތަމްރީނުކުރުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމެވެ. އެގޮތުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ވުޑްކަރވިން، އިލެކްޓްރިޝަން، ގެސްޓް ހައުސް މެނޭޖްމަންޓް، ވެލްޑިންގ ފަދަ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދެވިފައިވާއިރު، ދިވެހިރާއްޖޭގައި ނެތެމުންދާ ފަންނުތައް ދިރުވާ ޢާލާކުރުމަށް އަތޮޅުތެރޭގެ ރަށްރަށުގައި ފަންނުތައް ދިރުވާ ޢާލާކުރުމަށް ދަނީ އެތަށް މަސައްކަތްތަކެއް ކުރިއަށްގެންދަމުންނެވެ.
މި އެކްސްޕޯގައި ފެނިގެންދާނެ ހުނަރުތަކުގެ ތެރޭގައި ތަފާތު އެކި ކުރެހުންތަކާ، ލަނކުނޑިން ތައްޔާރުކޮށްފައިވާ ތަކެއްޗާ، ލިޔެލާޖެހުމާ، ކެލިގްރަފީ އަދި އެނޫން ވެސް ފަންނުވެރިން އުފައްދަވައިފައިވާ ތަކެތި ހިމެނެ އެވެ.