ENGLISH
24 ނޮވެމްބަރު 2025
ސްޓެލްކޯ އިން އަންހެނުންނަށް ޚާއްސަކޮށް ހިންގި ކަރަންޓުގެ މަސައްކަތްތަކާ ގުޅޭ އަސާސީ ކޯހުގެ ސެޓްފިކެޓް ދީފި
24 ނޮވެމްބަރު 2025
|
ސްޓެލްކޯއިން ހިންގި "ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން" ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު އެވެ.
ސްޓެލްކޯ އިން 7 ބެޗަކަށް ބަހާލައިގެން، އާއްމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށްވެސް ބައިވެރިވެވޭނެހެން ކުރިއަށްގެންދިޔަ ''ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން'' ޖުމުލަ 116 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ.
މި ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި 81 ބައިވެރިޔަކަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްފައެވެ. މީގެ ތެރެއިން 30 ބައިވެރިއަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. މީގެއިތުރުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ޝަރީފާއި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިޝަތު މުޒްނާ ވަނީ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވީ، ފަށާ ފެންވަރުގެ މަޢުލޫމާތާއި މަސައްކަތާއި ހުނަރަށް ޚާއްސަކޮށްގެން މި ކޯސް ފަރުމާކުރެވިފައި އޮތުމަކީ މި ދެންނެވި ފަދަ ބޮޑު ބަދަލަކަށް އުއްމީދު ކުރެވޭ، ތަޞައްވަރު ކުރެވޭ ކަމެއް ކަމަށެވެ.
"މި ކޯސް ޚާއްސަކުރެވިފައި މިވަނީ އަންހެނުންނަށް. ކޯހުގެ މައިގަނޑު މަޤުޞަދެއް ކަމަށް ކަނޑައެޅިފައި މިވަނީ، ގޭތެރޭގައި ޙައްލުކުރަންޖެހޭ ކަރަންޓުގެ މައްސަލަތައް ގޭތެރޭން ޙައްލުކުރެވޭނެ މަގު ފަހިކުރުން،" ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ޝަމާހް ރަޝީދު ވިދާޅުވީ، ފިރިހެން ބޭފުޅުން ޑޮމިނޭޓްކުރަމުން އަންނަ ދާއިރާއަކަށް ކަނބަލުން ތަމްރީނު ކުރުމަކީ މީގެ ސަބަބުން ވަރަށް އެދެވޭ ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމެއްކަން ޔަގީންކަމަށެވެ.
އެގޮތުން، ކަނބަލުންނަށް އަމިއްލަ ދިރިއުޅުމުގައި ގޭތެރޭގައި ޖެހޭ ކަރަންޓުގެ ކުދިކުދި ކަންތައްތައް އެހެން އެއްވެސް ފަރާތަކަށް ބަރޯސާ ނުވެ އަމިއްލައަށް ކޮށްލުމުގެ ފުރުޞަތު ލިބިގެންދިއުމާއެކު، އަދި މި ދާއިރާއިން އާމްދަނީ ހޯދުމުގެ ވިސްނުންތެރިކަމާއި، ކަނބަލުންނަށް އެކަމުގެ އަސާސީ ހުނަރު ދަސްކޮށްދެވި އޭގެ ތެރެއަށް ނުކުތުމަށް އެދެވިގެންވާ ވަރުގަދަ ބިންގަލަކަށް މި ކޯސް ވެގެންދާނެ ކަމަށް ވެސް ޝަމާހް ވިދާޅުވިއެވެ.
ސްޓެލްކޯ އިން ބުނީ، މި ކޯހުގައި ޓްރެއިނަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ އެ ކުންފުނީގައި މިވަގުތު ތިބި ޢިލްމާއި ހުނަރުގެ ގޮތުން މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ކަމަށެވެ.
މި ކޯހުގެ މަޤުޞަދަކީ ކަރަންޓުގެ ދާއިރާއަށް ކަނބަލުންގެ ހިތް ޖައްސުވައި، އެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރުދީ، އެ ދާއިރާއިން ފިރިހެނުންނާއި އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ދާއިރާއަށް އަހުލުވެރިކޮށް، އެމަގަށް ހަރުދަނާ ބިންގަލެއް އަޅައިދިނުމެވެ.
އެގޮތުން، މި ކޯހުގެ ބައިވެރިންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި ހިމެނެނީ: