ENGLISH

24 ނޮވެމްބަރު 2025

Advertisement

ކުޑަކުދިންނަށްދޭ ބައިހާޓް ފޯމިއުލާއިން ޖަރާސީމު ފެނިގެން ވިއްކުން މަނާކޮށްފި

24 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާ--ފޮޓޯ:ބައިހާޓް

ކުޑަކުދިންނަށް ދިނުމަށް ބޭނުންކުރާ ފޯމިއުލާއެއް ކަމަށްވާ، ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާ އިން ބައްޔެއް ފަަތުރާ ޖަރާސީމެއް ފެނިފައިވާތީ އެ ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން މަނާކޮށްފި އެވެ.

އެމްއެފްޑީ އިން ބުނީ މި ފޯމިއުލާވަނީ ކުލޮސްޓްރިޑިއަމް ބޮޓުލިނަމް ނަމަކަށް ކިޔާ ޖަރާސީމަކުން ތަޣައްޔަރުވެފައިކަމަށެވެ.

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އުފައްދާ ކުޑަކުދިންގެ މި ފޯމިއުލާ އިން ޖަރާސީމު ފެނިފައިވުމުގެ ސަބަބުން، މި ފޯމިއުލާ ބާޒާރުން ނެގުމަށާއި ނުވިއްކުމަށާއި އަދި ނައްތާލުމަށް އަންގާފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށް ލިބިފައިވާކަމަށްވެސް އެމްއެފްޑީ އިން ވަނީ ބުނެފަ އެވެ.

ޖަރާސީމު ފެނުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބްރޭންޑްގެ އުފެއްދުން ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއްކަމަށް އެ އޮތޯރިޓީން ވަނީ އަންގާ އިއުލާނުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު