ENGLISH

26 ނޮވެމްބަރު 2025

Advertisement

މޫސުން ގޯސްވެ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަަޙައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ރާއްޖޭގެ ސަރަޙައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، 24 ނޮވެންބަރު، 2025 މެންދުރު ފަހުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު، އެކި ހިސާބުތަކަށް ވިއްސާރަކޮށް، ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެގޮތުން އެކި ހިސާބުތަކަށް ވިއްސާރަވުމާއެކު ގުގުރާ ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. 

މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ރީނދު ސަމާލު ވެސް ނެރެފަ އެވެ. މެޓް އޮފީހުން ބުނީ މި ސަމާލު ނެރެފައިވަނީ މިއަދު 10:00 އިން ފެށިގެން 14:00 އާ ހަމައަށް ކަމަށެވެ.

މޫސުން ގޯސްވުމާއެކު، ހުރިހާ ފަރާތްތަކުން އަދި ވަކިން ހާއްސަކޮށް ދަތުރުވެރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމަށް ވެސް މުސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާއްމުގޮތެއްގައި ދެމިގެންދަނީ ޖެނުއަރީ މަހުން ފެށިގެން މާރިޗް މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުމް ދެމިގެން ދަނީ މެއި މަހުން ފެށިގެން ނޮވެމްބަރ މަހުގެ ނިޔަލަށެވެ. އެހެންކަމުން އޭޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުމް ބަދަލުވާން ފަށާ ދުވަސްވަރެވެ.

 

ކިޔުންތެރިންގެ ހިޔާލު