ENGLISH
24 ނޮވެމްބަރު 2025
މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ޤާއިމްކުރުން؛ސައިޓު ސާފުކުރުމުގެ މަސައްކަތް ކުރިއަަށް
24 ނޮވެމްބަރު 2025
|
ނ.މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަށް ބޭނުންވާ ސަރަޙައްދު ސާފުކުރުމުގެ ތެރެއިން--ފޮޓޯ: އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީކުރަމުން އަންނަ، ނ. މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަށް ބޭނުންވާ ސައިޓު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެފި އެވެ.
މި ސެންޓަރުގެ ތަނބުތައް ޖެހުމުގެ މަސައްކަތާއި ފޯމްވޯކް ސެޓަޕް ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.
މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނޫނު އަތޮޅަށް ޖުލައި މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަގޫދޫއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާ ދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އެވެ.
ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.
ރަށްރަށުގައި ގާއިމުކުރާ މި ސެންޓަރުތަކަކީ އެކިކަހަލަ ކަސްރަތުތަކާއި ކުޅިވަރުތައް ކުޅެވޭ ގޮތަށް ވަސީލަތްތައް ގާއިމުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ރައްޔިތުންނަށް ބާރުއަޅުމާއެކު އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ހިންގަމުން އަންނަ ބޮޑު މަޝްރޫއެކެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ ތަރައްގީގައި ބޮޑު ހިއްސާއެއް އަދާ ކުރަމުންނެވެ.