ENGLISH

24 ނޮވެމްބަރު 2025

Advertisement

ވިލިމާލެ ރައްޔިތުންގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް ދެ މައްސަލައަށް ހައްލު ގެެންނަވާނެ: ރައީސް

23 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

ވިލިމާލޭގެ ރައްޔިތުންގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް ދެ މައްސަލައަށް ހައްލު ގެންނަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގެ އަވަށްތަކުގެ ތަރައްގީއާ ގުޅޭ ގޮތުން މާލޭގެ ވަޒަންވެރިންގެ ހިޔާލު ހޯއްދެވުމުގެ ގޮތުން މިރޭ ވިލިމާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންނަށް އިހްމާލުވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވަނީ މި ސަރުކާރުން އެ ގޮތަށް އަމަލު ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. އަދި ވިދާޅުވީ ވިލިމާލެއަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުފުޅުތައް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް ދެ މައްސަލައަށް ހައްލު ގެންނަވާނެ ކަމަށެވެ.

"މި ވިލިމާލޭގައި ރައްޔިތުން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ދެ މައްސަލަައަށް ހައްލު ގެންނަވާނެ," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވިލިމާލޭގެ މަގުތައް ހަދާނިމޭއިރު އެ އަވަށުގެ ފެނާއި ނަރުދަމާގެ ފެންވަރު އަޕްގްރޭޑް ކޮށްދެއްވާނެ ކަމަށެވެ. އަދި އެ އަވަށުގެ ސިއްހީ ޙާލަތު ރަނގަޅު ކުރުމަށް އައު ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ހޮސްޕިޓަލް އެޅުމަށްޓަކައި މިހާރު ހުރި ހޮސްޕިޓަލް ވަގުތީ ގޮތުން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަން މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު