ENGLISH

24 ނޮވެމްބަރު 2025

Advertisement

ވިލިމާލޭގައި 300 ހައުސިން ޔުނިޓް، ޚާއްސަ ކުރާނީ ވިލިމާލޭގައި އުޅޭ ރައްޔިތުންނަށް: ރައީސް

23 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިލިމާލެއަށް ވަޑައިގަތުން --

ވިލިމާލޭގައި 300 ހައުސިން ޔުނިޓް އިމާރާތް ކުރައްވާނެ ކަމަށާ އެ ޔުނިޓްތައް ޚާއްސަ ކުރައްވާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބެންކު އޮފް މޯލްޑިވްސް އިން ފައިނޭންސް ކޮށްގެން ހިންގާ 3000 ހައުސިން ޔުނިޓްގެ ތެރެއިން 300 ހައުސިން ޔުނިޓް އިމާރާތް ކުރައްވާނީ ވިލިމާލޭގައި ކަމަށެވެ.

ރައީސް ވަނީ އެ ޔުނިޓްތައް ޚާއްސަ ކުރާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ވިދާޅުވެފަ އެވެ.

"މި 300 ހައުސިން ޔުނިޓް މި ވިލިމާލޭގައި އުޅޭ ރައްޔިތުންނަށް ޚާއްސަ ކުރާނީ," ރައީސް ވިދާޅުވި އެވެ.

މިރޭގެ މި ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ވިލިމާލޭގައި ވީހާވެސް ގިނަ ހައުސިން ޔުނިޓް އެޅުމަކީ ސަރުކާރުގެ ވިސްނުން ކަމަށެވެ. އެހެން ކަމުން މާލެ ސަރަހައްދުގައި ޤާއިމުކުރައްވާ 3,000 ހައުސިން ޔުނިޓްގެ ތެރެއިން ވިލިމާލޭގައި މިވަގުތު އިމާރާތް ކުރެވެން އޮތް އެންމެ ގިނަ އަދަދަކީ އެއީ ކަމަށެވެ.

މިނިސްޓަރު ވަނީ މި އަހަރުގެ ތެރޭގައި އެ މަސައްކަތް ކޮންޓްރެކްޓަރަކާއި ހަވާލު ކުރެވޭނެ ކަމުގެ ޔަޤީންކަން ވެސް ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު