ENGLISH

24 ނޮވެމްބަރު 2025

Advertisement

ފައްޔާޒް، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން އިސްތިޢުފާދެއްވައިފި

23 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ްއެމްޑީޕީގެ ޗެއަރޕާސަން ކަމުން އިސްތިއުފާދެއްވި ފައްޔާޒް

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން ފައްޔާޒް އިސްމާޢީލް މިރޭ އިސްތިޢުފާދެއްވައިފިއެވެ. 

ފައްޔާޒް އެމަޤާމުން އިސްތިއުފާދެއްވީ އެމްޑީޕީން މިރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައެވެ. އަދި، ފައްޔާޒް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނަށް އިސްތިޢުފާދެއްވިކަމުގެ ސިޓީއެއް އެޑްރެސްކޮށް ފޮނުއްވައިފައެވެ. 

ފައްޔާޒް އިސްތިއުފާދެއްވި ސަބަބުތަކުގެ ތެރޭގައި ޕާޓީގެ އެތެރޭގައި އޮތް ކޯޅުން ހިމެނެއެވެ.

"..އަސާސީ ހައްގުތަކާއި ރައްޔިތުންގެ ބާރުވެރިކަން ހޯދައިދިން ޕާޓީގެ މެންބަރުންނާއެކު ގާތުން މަސައްކަތް ކުރެވުމަކީ އަޅުގަނޑުގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެންބަރެއްގެ ގޮތުގައި ވެސް އިސްލާހީ މަސައްކަތުގައި ތި ބޭފުޅުންނާ އެކު އަޅުގަނޑު ދެމިހުންނާނަމެވެ." އިސްތިޢުފާދެއްވިކަން ހާމަކުރައްވައި "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ފައްޔާޒް ވިދާޅުވެފައިވެއެވެ. 

ފައްޔާޒް ވިދާޅުވީ، އެޕާޓީ ހިންގެވުމަށް އެބޭފުޅާއަކީ ހުރަހަކަށް ވާން ބޭނުންނުވާ ކަމަށެވެ. އަދި، މިވަގުތު ޙާލަތަށް ބަލައި ޗެއަރޕާސަން ކަމުގެ މަޤާމުގައި ހުރުން މަޞްލަޙަތު ރަނގަޅު ނޫންކަމަށް ފައްޔާޒް ވިދާޅުވެފައިވެއެވެ. 

ޗެއަރޕާސަން ކަމުގެ މަޤާމުން އިސްތިޢުފާދެއްވިޔަސް، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ހުޅުވާލާ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމާ ޙަވާލުވީ 2022 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. 

ފައްޔާޒް އެމްޑީޕީގެ އިސް މަޤާމުން އިސްތިއުފާދެއްވިއިރު، މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމަށާއި، ރިޔާސީ އިންތިޚާބުގެ ޓިކެޓަށް ވެސް އެ ޕާޓީގެ ތެރޭގައި ވަނީ ފޯރިގަދަވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު