ENGLISH

23 ނޮވެމްބަރު 2025

Advertisement

ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ: ވަޒީރު

23 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ދިވެހިރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތައް، ޔުނައިޓެޑް ނޭޝަންސް، އެޑިއުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ މަސައްކަތުގެ ގާތްގަނޑަކަށް 85 އިންސައްތަ ނިމިއްޖެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ، ދެއަހަރުތެރޭ ސަރުކާރުގެ ކާމިޔާބީއާ ގުޅޭގޮތުން އެމްއެމްޓީވީއަށް ދެއްވި ޚާއްޞް އިންޓަވިއުއެއްގައެވެ.

ވަޒީރު ވިދާޅުވީ، އެ މަސައްކަތަކީ ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒާއި ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު ގުޅިގެން ކުރާ މަސައްކަތެއްކެވެ.

ސާދަ ވަރަކަށް އަހަރު ކުރަމުންދާ މި މަސައްކަތާއި މި ސަރުކާރުން ހަވާލުވެ، އަލުން އައު ގޮތަކަށް މަސައްކަތް ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ޔުނެސްކޯގެ ޓީމާއެކު ތަކުރާރުކޮށް ބައްދަލުކޮށް، މި ކަމުގައި ދިމާވާ މައްސަލަތަކާއި އެކަމުގެ ހައްލު ދެނެގަނެވިފައިވާކަން ވަޒީރު ފާހަގަކޮށްފައިވެއެވެ.

މިކަން ކާމިޔާބުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައި، މިކަމާ ގުޅޭ ބައެއް މިސްކިތްތަކަށް ޒިޔާރަތްކޮށް، ނަގަންޖެހޭ އިލްމީ މައުލޫމާތުތައް ނަގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރަންޖެހޭ މަސައްކަތްތައްކުރުމުގެ އިތުރުން މިކަމަށް ޚާއްޞް ލިޔުން ތައްޔާރުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

މި މަސައްކަތް ޖަނަވަރީ މަހު ނިންމަންޖެހޭ ތާރީހަށް ނިންމަން އުއްމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު