ENGLISH

23 ނޮވެމްބަރު 2025

Advertisement

މެރިޓައިމް ސިލްކް ރޯޑުގެ ސަބަބުން ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވާނެ: ޑރ. ނިޔާޒް

23 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ތިމާވެއްޓާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒް ކޮންފަރެންސްގައި ވާހަކަދައްކަވަނީ. ފޮޓޯ: ފަތުރުވެރިކަމާ ބެހޭ ވުޒާރާ

ދެހާސް ފަންސަވީސް މެރިޓައިމް ސިލްކް ރޯޑް އާބަން ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓްގެ ސަބަބުން ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވެއްޖެ ކަމަށް ތިމާވެއްޓާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. ޢަބްދުﷲ ނިޔާޒް މިފަދައިން ވިދާޅުވީ ޗައިނާގެ ވެންޒޫގައި މިހާރު ކުރިއަށްދާ މެރިޓައިމް ސިލްކް ރޯޑް އާބަން ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓްގެ ކޮންފަރެންސް އަދި އިންޓަނޭޝަނަލް ޓްރެވަލް އޭޖެންޓްސް ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.

މި މަޝްވަރާގައި ބޮޑަށް އަލިއަޅުއްވާލާފައިވަނީ ޝިންހުއާއާއި ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހުށަހެޅުންތަކާ ރާއްޖޭގެ ސަގާފަތާއި ތަރިކަ ފުޅާ ދާއިރާއެއްގައި ގިނަ ބަޔަކަށް، ދައްކާލުމަށް މަސައްކަތް ކުރެވޭނެ މަގުތައް ހޯދުމަށެވެ. އަދި ދިވެހިރާއްޖެ ޕްރޮމޯޓް ކުރުމަށް މީޑިއާގެ ގުޅުން ބަދަހި ކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

މި ކޮންފަރެންސްގައި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޗައިނާގެ ސަބަބުން ރާއްޖެއަށް ލިބުނު ކާމިޔާބީތައް ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮންނަ ހުޅުލެ އަދި މާލެ ގުޅުވައިލި "ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް" ބްރިޖާ، ރާއްޖެއިން ޗައިނާއަށް ކުރާ ޑައިރެކްޓް ދަތުރުތައް ފުޅާކުރުމާއި، އަހަރަކު ގާތްގަނޑަކަށް ޗައިނާގެ 300،000 ފަތުރުވެރިން ރާއްޖެ އައުމުގެ އިތުރުން "ޗައިނާ-މޯލްޑިވްސް" ޕާޓްނަޝިޕްގެ ސަބަބުން ލިބޭ ފައިދާތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު