ENGLISH
23 ނޮވެމްބަރު 2025
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދީންތަކެއް އެހެން ކުއްޖަކަށް ގަދަކަމުން ސިނގިރޭޓް ދިން މައްސަލައެއް
23 ނޮވެމްބަރު 2025
|
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރާ --
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދީންތަކެއް އެހެން ކުއްޖަކަށް ގަދަކަމުން ސިނގިރޭޓް ދިން މައްސަލައެއް ބަލަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި އަތޮޅުތެރޭގެ ރަަށެއްގައި ތިބޭ ކުދީންތަކެއް އެ ރަށުގެ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓް ދިން މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ. އެ މައްސަލަ ހުށައަޅާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.