ENGLISH

24 ނޮވެމްބަރު 2025

Advertisement

އާންމުން ހޭލުންތެރިކުރަން ފުލުހުން ހަރަކާތެއް ކުރިއަށްގެންގޮސްފި

23 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ފުލުހުން މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން--ފޮޓޯ:ޕޮލިސް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް، އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި ހާއްސަ ހަރަކާތެއް ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންގޮސްފި އެވެ.

މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 7:30 އިން 8:30 އަށެވެ.

މާލެ ސަރަޙައްދުގައި އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވާ ބައެއް ސަބަބުތައް ދައްކުވައިދޭ މެސެޖުތައް ހިމެނޭ ބޯޑުތަކާއެކު ފުލުހުން ވަނީ މާލޭގެ ފަސް ސަރަޙައްދެއްގައި ހަރާކާތްތެރިވެފަ އެވެ. 

މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސިނަމާލޭ ބްރިޖާއި، ވެލާނާގޭގެ ކައިރި، ދިވެހިރާއްޖޭގެ އަޑު، ސޯޝަލް ސެންޓަރު ސަރަޙައްދާއި ކަސްޓަމްސް ބިލްޑިން ކައިރީގަ އެވެ.

އާއްމުގޮތެއްގައި މާލެ ސަރަަޙައްދުގައި އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ބާރު ސްޕީޑްގައި ދުއްވުމާއި، ސިގްނަލް އަޅަންޖެހޭ ހާލަތްތަކުގައި ސިގްނަލް ނޭޅުމާއި، ދެއުޅަނދު ދެމެދު ބަހައްޓަންޖެހޭ ދުރުމިން ނުބަހައްޓާ ދުއްވުން ހިމެނެވެ.

މާލެ ސަރަޙައްދުގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ގިނަކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިފަދަ ނުރައްކާތެރި އެކްސިޑެންޓްތަކުން ތިމާއާ އަނެކުން ސަލާމަތް ކުރުމަށްޓަކައި މަގުމަތީގެ  ޤަވައިދުތަކަށް ބޯލެބުމަށް ފުލުހުންގެ އިދާރާއިން ތަކުރާރުކޮށް އިލްތިމާސްކުރެއެވެ.

އެކްސިޑެންޓްތައް މަދުކުރުމަށް ހިނގާ މީހުންނާއި ދުއްވާ މީހުންވެސް ހެދިފައިވާ ޤާނުނާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، ތިމާގެ ފަރުދީ ޒިންމާ އަދާކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު