ENGLISH

24 ނޮވެމްބަރު 2025

Advertisement

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ބެލްޖިއަމް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

23 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ޚާރިޖީ ވަޒީރު ޑރ. ޚަލީލް. ފޮޓޯ: ދާޚިލީ ވުޒާރާ

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބެލްޖިއަމަށް ކުރެއްވި ރަސްމީ ދަތުރުފުޅު އިއްޔެ ނިންމަވާލައްވައިފިއެވެ. 

މި ދަތުުރުފުޅަކީ  މި  ނޮވެންބަރު  މަހުގެ  20  އިން 21  އަށް  ބެލްޖިއަމްގެ  ވެރިރަށް  ބްރަސެލްސް  ގައި ކުރިއަށް  ދިޔަ  ޔޫރަޕިއަން  ޔޫނިއަން  އިންޑޯ-ޕެސިފިކް  މިނިސްްޓީރިއަލް  ފޯރަމް  ގައި  ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.  

އަދި،  މި  ދަތުރުފުޅުގެ  ތެރެއިން  އެކުވެރި  ބައެއް  ޤައުމުތަކުގެ  އިސްވެރިންނާ އެކު  ރަސްމީ ބައްދަލުވުންތަކުގައި  ބައިވެރިވެވަޑައިގެން  ޚާރިޖީ  ގުޅުންތައް  އިތުރަށް  ބަދަހިކޮށް،  ސަރަހައްދީ  އަދި ބައިނަލްއަގުވާމީ  މައިދާންތަކުގައި  ގުޅިގެން  މަސައްކަތް  ކުރުމާ  ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. 

ވަޒީރު ޑރ. ޢަބްދުﷲ  ޚަލީލްގެ  މިދަތުރުފުޅުގެ  ތެރޭގައި  އެމަނިކުފާނު  ވަނީ  މި  ފޯރަމްގެ ޙަވާސާގެ ތެރޭގައި ބޭއްވިފައިވާ  އެކި  ހައި-ލެވަލް  އިވެންޓްތަކުގައިވެސް  ދިވެހިރާއްޖެ  ތަމްސީލުކުރައްވާފައެވެ. މީގެއިތުރުން ބެލްޖިއަމްގައި  ހުންނަ  ދިވެހިރާއްޖޭގެ  އެމްބަސީއަށް  ޒިޔާރަތްކުރައްވައި،  ދިވެހި ސަރުކާރުން  ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް  ސަރުކާާރުން  ފޯރުކޮށްދޭ  ޙިދުމަތްތައް  އިތުރަށް  ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ. 

މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ  ޚަލީލްގެ  އަރިހުގައި ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޤީލާ ޢަލީ، ސެކްރެޓަރީ މަލްޓިލެޓަރަލް އަޙްމަދު ޝިއާން ބައިވެރިވެވަޑައިގެންފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު