ENGLISH
24 ނޮވެމްބަރު 2025
ހުރަވީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވައިފި
23 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު. ފޮޓޯ: ރައީސް އޮފީސް
މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވައިފިއެވެ.
މީސްމީޑިއާގައި އެކަމަނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދޮންބަންޑާރައިންގެ އަގުހުރި ޤައުމީ ޖިހާދަށް ފަޚުރުވެރިވެ، ޝުކުރާއި ސާބަސް ތަކުރާރުކުރައްވާ ކަމަށެވެ.
"ހުރަވީ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަނީ، ދޮންބަންޑާރައިންގެ އަގުހުރި ޤައުމީ ޖިހާދަށް ފަޚުރުވެރިވެ، ޝުކުރާއި ސާބަސް ތަކުރާރު ކުރަމުން." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ހޮޅީންގެ އަތްދަށުން ރާއްޖެ މިނިވަންވި ދުވަހުގެ ގޮތުގައި، ކޮންމެ އަހަރަކު ހުރަވީ ދުވަސް ފާހަގަކުރަނީ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހެވެ. މިއަދަކީ ހޮޅީންގެ ނުރައްކަލުން ރާއްޖެ މިނިވަންވިފަހުން ފާހަގަކުރާ 281 ވަނަ އަހަރީ ދުވަހެވެ.
އެކަމަނާ ވަނީ، ދިވެހީންނަކީ އަބަދުވެސް، ޤައުމު އިސްކުރާ، މިނިވަންކަމާއި އަމިއްލަވަންތަކަން ޙިމާޔަތްކުރާ، ރަށްވެހި، އުފާފާގަތި ބަޔެެއްގެ ގޮތުގައި ލެހެއްޓެވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާކުރައްވާފައެވެ.