ENGLISH

22 ނޮވެމްބަރު 2025

Advertisement

ސަރުކާރުގެ ފުރަތަމަ ދެއަހަރު؛ ބޯންމެރޯ ހެދުމަށް 24 މީހަކަށް ޚަރަދު ހަމަޖައްސައިދީފި

22 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ޞިއްޙީ ވުޒާރާއާ ދެމެދު ވީ އެއްބަސްވުން. އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން. ފޮޓޯ: ޕީއެސްއެމް

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ސަރުކާރުގެ ފުރަތަމަ ދެއަހަރު 24 މީހަކަށް ޚަރަދު ހަމަޖައްސައިދީފައިވާކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ. 

އެންސްޕާއިން އާއްމުކުރި މީސްމީޑިއާ ޕޯސްޓުގައި ބުނެފައިވާގޮތުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް 2023 ވަނަ އަހަރު 5 ފަރާތެއް، 2024 ވަނަ އަހަރު 9 ފަރާތެއް އަދި 2025 ގެ މިހާތަނަށް 10 ފަރާތަކަށް ޚަރަދު ހަމަޖައްސައިދީފައިވާ ކަމަށެވެ. އެއީ ދެއަހަރަށް ބަލާއިރު، 24 މީހުންނެވެ. 

  • 2023 - 3،851،946.62 (ތިން މިލިއަން އަށްލައްކަ ފަންސާސް އެއްހާސް ރުފިޔާ)
  • 2024 - 7،303،110.34 (ހަތް މިލިއަން ތިންލައްކަ ތިންހާސް ރުފިޔާ)
  • 2025 - 1،513،821.06 (އެއް މިލިއަން ފަސްލައްކަ ތޭރަހާސް ރުފިޔާ) 

ތަފާސްހިސާބުތަކަށް ބަލާއިރު، ފުރަތަމަ ދެއަހަރު 24 މީހަކަށް، 12.66 މިލިއަން ރުފިޔާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. 

ބޯންމެރޯ ހެދުމަށް ރާއްޖޭން ބޭރަށް ކުދިން ފޮނުވަނީ، ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދިނުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ޞިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ. 

ބޯންމެރޯ ހެދުމަށް ސަރުކާރުގެ ޚަރަދުގައި ކޮންމެ އަހަރަކުވެސް މަދުވެގެން 10 މީހުން ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. ސަރުކާރުގެ އެ ސިޔާސަތުގެ ދަށުން ކޮންމެ އަހަރަކު ވެސް އަންނަނީ އެ ފަރުވާ ބޭނުންވާ މީހުންނަށް، އޮންނަ އުޞޫލުގެ ތެރެއިން ޚަރަދު ހަމަޖައްސައިދެމުންނެވެ. 

ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ ފަރުވާގެ ޚިދުމަތް ރަނގަޅު ކުރުމަށް މޯލްޑިވިއަން ބްލަޑް ސަރވިސްގެ ހިންގުމަށް ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގިނަ ބަދަލުތަކެއް ގެންނަވައިފައެވެ. އެގޮތުން އެ ޚިދުމަތް ދިނުން މިހާރު ވަނީ ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާ އިމާރާތަށް ބަދަލުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު