ENGLISH

22 ނޮވެމްބަރު 2025

Advertisement

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލް ޣައްޒާއަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

21 ނޮވެމްބަރު 2025

|

ހަސަން އާމިރު

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މުޅިން ޚިލާފަށް އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.  

ދިވެހިރާއްޖޭން ޕަލަސްތީނުގެ ރައްޔިތުންނާއެކު އަބަދުވެސްވާކަން ތަކުރާރުކޮށް، އިސްރާއީލުން ކެނޑިނޭޅި ޣައްޒާގެ ކުށެއް ނެތް އާއްމު ރައްޔިތުންނަށް ކުރިމަތިކުރުވާ ދަތިތަކާއި، ތަޙައްމަލުކުރަމުންދާ ވޭންދެނިވި އަނިޔާ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އިސްރާއީލަށް މަޖުބޫރު ކުރުމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުން އަމަލުކުރުމަށް ބާރުއެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފައެވެ. އިސްރާއީލުން ކެނޑިޅޭނި ދެމުންގެންދާ ހަމަލާތަކަކީ ޕަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި ޢަމަލުތެއް ކަމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އިސްރާއީލުގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށްވެސް ދިވެހިރާއްޖެއިން ވަނީ ގޮވާލައިފައެވެ.  

ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރެއެވެ. މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހި ރާއްޖެއިން ދެކެއެވެ. 

ކިޔުންތެރިންގެ ހިޔާލު