ENGLISH
21 ނޮވެމްބަރު 2025
މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތު އޮތް މީހާ 15 ދުވަހަށް ބަންދުކޮށްފި
21 ނޮވެމްބަރު 2025
|
ސ. ފޭދޫ ފްލޮރިޑާ އުމުރުން 51 އަހަރުގެ މުހައްމަދު ފަސީހް
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އިއްޔެ ވަނީ އެ މައްސަލައިގެ ބައެއް ތަފްސީލު ހާމަކޮށްފަ އެވެ.
އެ މައްސަލަ ފުލުހަށް ހުށަހެޅީ މި މަހުގެ 4 ވަނަ ދުވަހު ކަމަށާއި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އެންޑީއޭގެގައި ވަޒީފާ އަދާކުރަމުންދާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ ފްލޮރިޑާ އުމުރުން 51 އަހަރުގެ މުހައްމަދު ފަސީހް އެވެ. އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތް ނިންމަން ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަަށެވެ. އަދި ބުނީ މި މައްސަލަ ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުން ކަމަަށެވެ.