ENGLISH

20 ނޮވެމްބަރު 2025

Advertisement

ކާމިޔާބު 104؛ މި ވެރިކަން ފެށުނުއިރު ނުނިމި ހުރި ކުޅިވަރުގެ 61 މަޝްރޫއު ނިންމައިފި

20 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

މަންދޫގައި މި ސަރުކާރުން އެޅި ފުޓްސަލް ދަނޑު ރައީސް ހުޅުވައިދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ކުރީ ސަރުކާރުން ފަށާފައި ހުރި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުރީ މަޑުޖެހި ހުއްޓިފައެވެ. ނުހުއްޓި ކުރިއަށްދިޔަ މަދު މަޝްރޫއެއް ކުރިއަށްދިޔައީ "ފިނިހަކަަ ދުވެލީ"ގައި މަޑުމަަޑުންނެވެ. އެންމެ ގިނައިން ފެށިފައި ކުރިއަށްނުގޮސް ހުރި މަޝްރޫއުތައް އޮތް ދާއިރާއަކަށް ކުޅިވަރުގެ ދާއިރާ ވާނެއެވެ. 

ފުޓުބޯޅަ ދަނޑުތަކާއި އެހެނިހެން ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރަން ގިނަ އަދަދަކަށް ހަވާލުކުރި ނަމަވެސް އެ މަސައްކަތްތައް އެކަށީގެންވާ ދުވެލީގައި ކުރިއަށްނުގޮސް މަޑުޖެހުނީ ގިނަގުނަ ސަބަބުތަކާހުރެއެވެ. އެންމެ މައިގަނޑު ސަބަބަކީ ކޮންޓްރެކްޓަރުންނަށް ބަރާބަރަށް ފައިސާ ނުދެވުމެވެ. 

ރޭވުންތެރިކަމެއް ނެތި ގިނަ އަދަދެއްގެ މަޝްރޫއުތައް ހަވާލުކުރުމުގެ ސަބަބުން ކުރިއަަށްނުގޮސް ހުރި މަޝްރޫއުތައް ކުރިއަށްގެންދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައި، ތަރުތީބު މަގުން މެދުނުކެނޑި މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމައިލެވޭނެ މަގުތަކެއް ފަހިކުރުމުގެ ބުރަ ބޮޑު ޒިންމާ އެޅުނީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުގެ ބޮލުގައެވެ. އެ ޒިންމާ ނަންގަވައިގެން މަޑުޖެހިފައި ހުރި މަޝްރޫއުތައް ކުރިއަށްގެންދެވޭނެ މާލީ ޖާގަތައް ރައީސް ހޯދައިދެއްވިއެވެ. 

ނަތީޖާއަކަށްވީ މިގޮތަށް މަޑުޖެހިފައި ހުރި އެތައް މަޝްރޫއެއް ނިންމައިލެވޭނެ ޖާގަ ލިބިގެންދިއުމެވެ. ރައީސާއި އެމަނިކުފާނުގެ ވަޒީރުން ކުރެއްވި މަސައްކަތްޕުޅުން މިހެން ހުއްޓިފައި ހުރި މަޝްރޫއުތައް ހިންގޭނެ މަގު ތަނަވަސްކުރެވުމާއެކު ކުޅިވަރުގެ ދާއިރާއިން ހަވާލުކޮށް ކުރިއަށްނުގޮސް ހުރި މަޝްރޫއުތައް ހިނގައިގަތެވެ. 

ސަރުކާރަށް ދެ އަހަރު ފުރި ފަސްފަހަތް ބަލައިލާއިރު ފެންނަނީ ކުޅިވަރު ދާއިރާގެ މަޝްރޫއުތަކުގެ ތެރެއިން ނޮވެންބަރު 17، 2023 ވަނަ ދުވަހަ ހަމައަށް އައިއިރު މަޑުޖެހިފައި އޮތް 61 މަޝްރޫއެއް ފަށައިގެން ކުރިއަށްގެންގޮސް ނިންމައިލެވިފައިވާ މަންޒަރެވެ. 

ރަށްރަށުގައި ކުޅިވަރުު ދާއިރާގެ ވަސީލަތްތައް ގާއިމުކުރެވިފައި ނެތުމަކީ ރަށްފުށުގެ ޒުވާނުންގެ ބޮޑު ޝިކާޔަތެކެވެ. މި ސަރުކާރުން އެފަދަ ވަސީލަތްތައް ގާއިމުކުރުމަށް އަމާޒު ހިފީ ރޭވުންތެރިކަމާއެކުއެވެ. އެގޮތުން މިހާތަނަށް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ 352 މަޝްެރޫއެއް ކޮންޓްރެކްޓުކުރެވި އެކި ކުންފުނިތަކާ ހަވާލުކުރެވިފައިވެއެވެ. އަދި މިވަގުތުވެސް އެއިން 60 މަޝްރޫއެއްގެ އަމަލީ މަސއްކަތް އަންނަނީ ހިނގަމުންނެވެ. 

ހިނގަމުންދާ 2025 ވަނަ އަހަރުގައި ކުޅިވަރު ދާއިރާގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން 33 މަޝްރޫއެއް ފަށައި ނިންމާފައިވެއެވެ. 

ދުޅަހެޔޮ މުޖުތަމައެއް ކަށަވަރުކުރުމަށްޓަކައި ކުޅިވަރުކުޅެ މުނިފޫހިފިލުވައި ހުސްވަގުތުތައް ހަށިގަނޑާއި ސިކުނޑިއަށް މަންފާ ލިބެނެވި ގޮތެއްގައި ބޭނުންކުރެވޭނެ ވަސީލަތްތައް ގާއިމުކުރުމަކީ ޒުވާން ޖީލުގެ ހައްގުގައި ސަރުކާރުން ކުރަންޖެހޭ މަސައްކަތެކެވެ. ނަމެއްގަައި ނޫނެވެ. އަތް ލެވޭ ލޮލަށް ފެންނަ ނަތީޖާ ހާސިލުވާނެހެން ރޭވުންތެރިކަމާއެކުއެވެ. މި ސަރުކާރުން ފާއިތުވި ދެ އަހަރު މަސައްކަތްތައް އަތުރާލާފައިވަނީ މިދެންނެވުނު މިސްރާބު ހާސިލުވާނެ ގޮތަށެވެ. 

ކިޔުންތެރިންގެ ހިޔާލު