ENGLISH
20 ނޮވެމްބަރު 2025
ސަޢުދީ ސަރުކާރުން އިތުރު 25,500 މުސްހަފް ހަދިޔާކޮށްފި
20 ނޮވެމްބަރު 2025
|
ސަޢުދީ ސަރުކާރުން އިތުރު 25,500 މުސްހަފް ހަދިޔާކުރުން --
ސަޢުދީ ސަރުކާރުން ދިވެހި ސަރުކާރަށް އިތުރު 25,500 މުސްހަފް ހަދިޔާކޮށްފި އެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ސަޢުދީ ސަރުކާރުން ދިވެހި ސަރުކާރަށް އިތުރު 25,500 މުސްހަފް ހަދިޔާކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މި މުސްހަފްތައް ފޮނުވާނީ ގުރުއާން ހިތުދަސްކުރާ ކުލާސްތަކާއި އިސްލާމީ މަރުކަޒުތަކަށެވެ.
މީގެ ދެ މަސްކުރީން ވެސް ސަޢުދީން ވަނީ މުސްހަފް ހަދިޔާކޮށްފަ އެވެ. އެ ފަހަރު ހަދިޔާކުރީ 25,000 މުސްހަފެވެ. އެހެން ކަމުން މިހާތަނަށް އެ ގައުމުން ހަދިޔާކުރި މުސްހަފުގެ އަދަދަކީ 50,500 އެވެ.