ENGLISH
20 ނޮވެމްބަރު 2025
އެންޑީއޭ އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
20 ނޮވެމްބަރު 2025
|
ސ. ފޭދޫ ފްލޮރިޑާ އުމުރުން 51 އަހަރުގެ މުހައްމަދު ފަސީހް --
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ އެ މައްސަލައިގެ ބައެއް ތަފްސީލު ހާމަކޮށްފަ އެވެ.
އެ މައްސަލައެއް ފުލުހަށް ހުށައެޅީ މި މަހުގެ ހަތަރުވަނަ ދުވަހު ކަމަށާ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އެންޑީއޭގެ ގައި ވަޒީފާ އަދާކުރަމުންދާ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ ފްލޮރިޑާ އުމުރުން 51 އަހަރުގެ މުހައްމަދު ފަސީހް އެވެ. އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށުންނެވެ.
ފުލުހުން ބުނީ އެ މައްސަލަ ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުން ކަމަށެވެ.