ENGLISH
20 ނޮވެމްބަރު 2025
"އަތުކުރި އޮޅާލަމާ" ޤައުމީ ކެމްޕެއިން ލޯންޗުކޮށްފި
20 ނޮވެމްބަރު 2025
|
އަރުކުރި އޮޅާލަމާ ކެމްޕެއިން ލޯންޗްކުރުމުގެ ތެރެއިން--
"އަތުކުރި އޮޅާލަމާ" ޤައުމީ ކެމްޕެއިން ލޯންޗުކޮށްފިއެވެ.
މި ކެމްޕެއިންއަކީ ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު އިރުތުކުރާމާއެކު، ލޭ ހަދިޔާ ކުރުމުގެ މުހިއްމުކަން އެގި އަމިއްލައަށް އިސްނަގާގެން ލޭ ހަދިޔާ ކުރާ ފާރާތްތައް އިރުތުކުރުމަށް ފެށިގެން ދިޔަ ކެމްޕެއިންއެކެވެ.
މި ހަރާކާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބެޗްލާސްއޮފް އާރޓްސް އިން މީޑިއާ އެންޑް ޕީއާރު ކިޔަވާ ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދާ ޤައުމީ ކެންޕެއިނެކެވެ.
މި ކެމެޕެއިން ޓީމް އިން މަޢުލޫމާތު ދިން ގޮތުގައި "އަތުކުރި އޮޅާލަމާ" މި ނަން ދެވިފައިވަނީ ވަރަށް ހާއްސަ މަޤްޞަދެއްގައެވެ. "އަތުކުރި އޮޅާލަމާ" ގެ މާނައަކީ ލޭހަދިޔާކުރުމަށް ހުރިހާ ފަރާތްތަކުންވެސް އަތުކުރި އޮޅާލުން ކަމަށް އެޓީމް އިން ވަނީ ބުނެފަ އެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަންހެންނުންނާއި ފިރިހެނުން ހިމެނޭ ގޮތަށް އެކި އުމުރުފުރާގެ އެކި އެކި ދާއިރާގެ މީހުން އަތުކުރި އޮޅާލާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. މި ވީޑިއޯތަކަކީ ކީއްކުރަން ކޮން މަޤްޞަދެއް ހާސިލްކުރުމަށް ކުރާ ކަމެއް ކަމާމެދު، ގިނަ ބައެއްގެ މެދުގައި ދިޔައީ ސުވާލުތަކެއް އުފައްދަމުންނެވެ.
އެހެންކަމުން "އަތުކުރި އޮޅާލަމާ" ކެމްޕެއިންއަކީ ކޮބައިކަމާއި،އެ ކެމްޕެއިންގެ މަޤްޞަދު މިހާރު މިވަނީ ހުރިހާ ފަރާތްތަކަށް އެގޭނެހެން ހިއްސާކޮށް އެކަމުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ހުޅުވާލެވިފަ އެވެ.
ރާއްޖޭއަކީ ނިސްބަތުން ތެލެސީމިއާ ބަލި ތަހައްމަލް ކުރަމުންދާ ކުދިން ގިނަ ގައުމެކެވެ. އަދި އެހަަ އެހެންމެ އެކި އެކި ސަބަބުތަކާއި ހުރެ ލޭ އަޅަން ނުވަތަ ލޭ ބޭނުންވާ ގިނަ ބަޔަކު ދިރިއުޅެމުންދާ ގައުމެކެވެ.
މި ކެމްޕެއިންގެ ސަބަބުން ލޭ ހަދިޔާކުރުމަށް މީހުނަށް ބާރުއެޅުމުގެ އިތުރުން، މިކަމަށް މީހުން ހޭލުންތެރިވެ، އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރާ މީހުން އިތުރުވެގެންދާނެކަމަށް މި ކެމްޕެއިން ޓީމް އިން ގަބޫލުކުރެއެވެ. އަދި ވަކިން ޚާއްސަކޮށް ލޭ ހަދިޔާކުރުމުގެ ސަބަބުން ޞިއްހަތު ރަނގަޅު ޖީލެއް ބިނާކުރުމަށް އެހީތެރިވެގެންދާނެ ކަމަށްވެސް މިޓީމުން ގަބޫލުކުރެއެވެ.