ENGLISH

20 ނޮވެމްބަރު 2025

Advertisement

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: ސެގްމެންޓް އެކެއްގެ 91 އިންސައްތަ ނިމިއްޖެ

20 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރިއަށް--ފޮޓޯ:އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކުރުމުގެ މަސައްކަތުގެ ސެގްމެންޓް އެކެއްގެ 91 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ތިން ސެގްމެންޓްއަކަށް ބަހާލައިގެން ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ދަނީ ސަބް ބޭސްގެ މަސައްކަތް ނިމި، އޭބީސީ އެޅުމުގެ މަސައްކަތެވެ.

މަގުގެ އަޑީގައި އަޅާ ޔުޓިލިޓީ ނެޓްވޯކާއި ފެން ހިންދާ ނިޒާމުގެ މަސައްކަތާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 87 އިންސައްތަ މަސައްކަތްވެސް ނިމިފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.

މި ޓްރާންސްފޯމަޓިވް މަޝްރޫއުގެ ސަބަބުން މާލޭ ސިޓީއަށް ވަދެވޭ ގޮތް އިތުރުވެގެންދާނީ ޒަމާނީ، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަ މަގުތައް ތަރައްގީކޮށްގެންނެވެ. ފުޅާކޮށްފައިވާ މަގުތަކުގެ ސަބަބުން ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް އެހީތެރިވެދޭއިރު، ފެން ހިއްކުމުގެ ނިޒާމަކުން ބޯކޮށް ވާރޭވެހޭ ވަގުތު ފެންބޮޑުވުން މަދުވާނެ އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެވެ.

ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުން 830 މީޓަރުގެ ސަރަހައްދުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން 737 މީޓަރު ސަރަހައްދުގައި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މަޝްރޫއުގެ ދަށުން ތާރުއަޅައި ސަބްބޭސް ތައްޔާރުކޮށް ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ އެވެ. މުޅި މަގު ތަރައްގީކުރާނީ ހަތަރު ލޭން ހިމެނޭ ގޮތަށެވެ.

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ތަރައްގީކުރެވުމުން، އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެ އެވެ. ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ޓްރެފިކް ތޮއްޖެހުން އިތުރުވެ، ދަތުރުފަތުރުކުރާ އުޅަނދުތަކަށާއި އާއްމުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވެ އެވެ. އެހެންނަމަވެސް މަގު ތަރައްގީކުރުމާއެކު، އެ ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެ އެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މާލޭގެ އެހެން މަގުތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު