ENGLISH

19 ނޮވެމްބަރު 2025

Advertisement

ވީއައިއޭއަށް އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް، ހަރުކުރުމުގެ މަސައްކަތް ފަށައިފި

19 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން --

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގައި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭނުންކުރައްވާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކާ ކުރާ ކަމެކެވެ.

އެކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް އެ އެއަރޕޯރޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށެވެ.

މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭން ކުރުމަށް ފަހު، ދެން ބޯޑަރ ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ޖެނުއަރީ, 1 2026 ގެ ކުރިން އެރައިވަލް އަދި ޑިޕާޗަރ ހިމެނޭހެން ކޮންމެ ޓާރމިނަލްއެއްގައި 10 ގޭޓް (ޖުމްލަ 20 ގޭޓް) ހަރުކުރެވި ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެހެނިހެން އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގައި ވެސް 2026 ވަނަ އަހަރު މިފަދަ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަން ފެށޭނެ ކަމަށެވެ.

މަސައްކަތުގެ ދުވެލި ވަރަށް ހަލުވި ކުރައްވާ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ކުރީން ވީއައިއޭ އާޓާމިނަލްގެ މަަސައްކަތް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އާ ޓާމިނަލުން ގިނަ އެއަރލައިންތަކަށް މިހާރު ޚިދުމަތް ދެމުންދާއިރު މިއީ ވަރަށް ރީތި އެހާމެ ފުރިހަމަ ޓާމިނަލެކެވެ. އެ ޓާމިނަލަށް އެންމެ ޒަމާނީ ވަސީލަތްތައް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު