ENGLISH
19 ނޮވެމްބަރު 2025
ވެލިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން؛ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ
18 ނޮވެމްބަރު 2025
|
ވެލިދޫ ހިއްކި ސަރަޙައްދުގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އެމްޓީސީސީ
ނ. ވެލިދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން 443 މީޓަރުގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ވެލިދޫގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ހިއްކި ސަރަޙަައްދު ހިމާޔަތް ކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، މިދިޔަ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެލިދޫއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ ދަށުން އެރަށު ފަޅުން 2.7 ހެކްޓަރުގެ ސަރަޙައްދެއް ވަނީ ހިއްކާފައެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 33.6 މިލިއަން ރުރިފާއަށެވެ.
ވެލިދޫއިން ހިއްކި ސަރަޙައްދު ހާއްސަ ކުރެވިގެންދާނީ ރަށުގައި އޮޑިދޯނި ފަހަރު ބާލައި އެހެލުމަށާއި އަދި ފައިބަރު މަސައްކަތް ކުރާ ފަރާތްތަކަށެވެ.
ގާތްގަނޑަކަށް 2700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ވެލިދޫއަކީ ކައިރި ގިނަ ރަށްރަށުން ގިނަ ޚިދުމަތްތައް ހޯދަން އަންނަ ރަށެކެވެ.
މި މަޝްރޫޢު ނިމުމާއެކު، އެރަށުގެ ރަށްޔިތުންނަށް ޢުމްރާނީ ގޮތުންނާއި، އިޤްތިޞާދީގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.