ENGLISH

18 ނޮވެމްބަރު 2025

Advertisement

މިދިޔަ ދެ އަހަރު ޓޫރިޒަމަށް 6223 އެނދު އިތުރުކުރެވިއްޖެ: ރައީސް

17 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ ކަމަށާ މިދިޔަ ދެ އަހަރުގެ ތެރޭގައި ޓޫރިޒަމަށް 6223 އެނދު އިތުރުކުރެވިފައިވާ ކަމަށް ރައީސުލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ ރިޔާސަތަަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް ޓޫރިޒަމަށް 2995 އެނދު އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ނޮވެންބަރު 17, 2023 އިން މިއަދާ ހަމައަށް 6223 އެނދު އިތުރުކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ޓޫރިޒަމް ނެތް އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުުރުމެވެ. އެ ގޮތުން އުތުރުގައި ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތާއި ޝަންގްރިއްލާ ތަރައްޤީކޮށް ހުޅުވުމުގެ މަސައްކަތް ކުރިއަށްދާކަން ފާާހަގަ ކުރެއްވި އެވެ.

މީގެ އިތުުރުން އައްޑޫގައި ހަންކެޑެ މަޝްރޫޢު ކުރިއަށް ގެންދެވޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ޓޫރިޒަމް އެންމެ ދަށް އަތޮޅުތައް ކަމަށްވާ އުތުރުގެ ތިން އަތޮޅާއި ތ އަތޮޅަށާއި އައްޑޫއަށް ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުވީ ވަޢުދާއި އެއްގޮތަށް ޓޫރިޒަމް އެންމެ ދަށް ހުރިހާ އަތޮޅެއްގައި ވަރަށް އަވަހަށް މި ހުރިހާ ފަރާތްތަކުން މަސައްކަތް ފަށައިގަންނާނެ. އޭގެ ނަތީޖާއަކަށްވާނީ ޓޫރިޒަމް ނެތް އަތޮޅުތަކުގައި ވަޒީފާގެ ފުރުސަތު އިތުރުކުރެވި ރައްޔިތުންނަށް އޭގެ މުއްސަދިކަން ލިބުން," ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު