ENGLISH
05 ޖުލައި 2025
ފަޅުތަކުގެ ސާފުތާހިރު ކަމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ: ސިޓީ ކައުންސިލް
01 ޑިސެމްބަރު 2024
|
މާލޭގެ ފަޅަށް ކުނިއަޅާފައި. ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލެ އާއި ވިލިމާލޭގެ ފަޅުތެރެ ރީތިކޮށް ބޭއްވުމަށްޓަކައި ރައްޔިތުންގެ އެހީ ބޭނުންވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ފަޅުތެރެ ސާފުކުރުމަކީ ޤަވާއިދުން ކޮންމެ ދުވަހަކު ވެސް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި އެކަމުގެ އެދެވިގެންވާ ނަތީޖާއެއް ނުފެންނަނީ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ނުލިބޭތީ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ފަޅުތަކަށް ކުނި އެޅުން ހުއްޓާލުމަށް ވެސް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.