ENGLISH
05 ޖުލައި 2025
އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓް ކުޑަހުވަދޫން މިހާރު ނެގޭނެ
01 ޑިސެމްބަރު 2024
|
"އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ދ. ކުޑަހުވަދޫން ނެގޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ކުޑަހުވަދޫން ނެގޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ޕާސްޕޯޓަށް އެދި ހުށައަޅާއިރު، ޕާސްޕޯޓް ނަގަން ބޭނުންވާ ތަން ނުވަތަ ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ކުޑަހުވަދޫ ޖެހުމުން ޕާސްޕޯޓް އެރަށުން ލިބޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.ކުޑަހުވަދޫން ޕާސްޕޯޓު ނެގޭނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުއެވެ.
މިއީ ކުޑަހުވަދޫ އާއި އެ އަތޮޅުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައަކަށް ވާނެއެވެ. އެއީ މީގެކުރިން އެރަށުގެ ރައްޔިތުންނާއި ކައިރީގައި އޮންނަ އެހެން ރަށްރަށުގެ ރައްޔިތުންވެސް ޕާސްޕޯޓް ބަލާ އަންނަން ޖެހެނީ މާލެއަށެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު މިދިޔަ ނޮވްމެބަރު މަހުގެ 16 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އިފްތިތާހްކޮށްދެއްވާފައެވެ.
އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނިޔަލަށެވެ.ޕާސްޕޯޓުގެ ޚިދުމަތް މިހާރު ލިބެނީ މާލެ ސަރަޙައްދުގެ އިތުރަށް ސިޓީތަކާއި ހއ. ދިއްދޫންނެވެ. އަދި މިއަހަރު ލ. ފޮނަދޫގައި އެ ޚިދުމަތް ފެށުމަށް އޮތީ ނިންމާފައެވެ.