ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ސެމިނާރެއްގައި ބައިވެރިވުމަށް 15 ފުލުހުން ޗައިނާއަށް ފުރައިފި

01 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ސެމިނާރގައި ބައިވެރިވި އޮފިސަރުން- ފޮޓޯ: ޕޮލިސް

ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީން އިންތިޒާމްކޮށްގެން ހިންގާ "ސެމިނާރ ފޯރ އިންޓަރމީޑިއެޓް ސީނިއާރ ފޮލިސް އޮފިސާރސް"  ގައި ބައިވެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން 15 އޮފިސަރުން ޗައިނާއަށް ފުރައިފިއެވެ. 

މި ސެމިނާރ ކުރިއަށްދާނީ މިއަދުން ފެށިގެން ޑިސެމްބަރު 14 ގެ ނިޔަލަށެވެ. އަދި މި ސެމިނާރ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ހައިނަން ޕްރޮވިންސްގެ ހައިކޫގައެވެ.

ފުލުހުންގެ މިޑިއާ އިން ހާމަކުރެއްވި ގޮތުގައި، މި ސެމިނާރގައި ބައިވެރިވާ 15 އޮފިސަރުންގެ ތެރޭގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙްމާ ސަޢީދު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ދިމްހާމް، ނަސްރުﷲ ޖަލީލުގެ އިތުރުން 12 އޮފިސަރުން ބައިވެރިވެފައިވެއެވެ.

މި ސެމިނަރގައި ބައިވެރިވާ އޮފިސަރުންނަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ގާނޫނީ ވިސްނުންފުޅުތަކާއި، ޗައިނާގެ ފުލުހުންގެ ސްޓްރެޓެޖީ، ފުލުހުންގެ ލީޑަރޝިޕް، ފްރޯޑް ހުއްޓުވުން، ކޮމިއުނިޓީ ޕޮލިސިންގ ނިޒާމު އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ދާއިރާތަކުން މައުލޫމާތާއި ތަޖުރިބާ ހިއްސާކުރެއެވެ.

މީގެ އިތުރުން، މައްސަލަތައް ތަހުގީގު ކުރުމާއި، ކެލިގްރަފީ އަދި ސްވޮޓް ޓެކްޓިކްސް އާއި ތާއި ޖީ (ސެލްފް ޑިފެންސް) އާ ގުޅޭ އަމަލީ ތަމްރީނުތައް ވެސް މި ސެމިނަރގައި ހިމެނެއެވެ.  

ކިޔުންތެރިންގެ ހިޔާލު