ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ޑރ. ރަމީލާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފި

01 ޑިސެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

ސިއްޙީ ޙާލުކޮޅު ހުރި ގޮތުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑޮކްޓަރ ޢާއިޝަތު ރަމީލާ އިސްތިޢުފާ ދެއްވައިފިއެވެ.

އެކަމަނާގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަބޫލުފުޅުކުރައްވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

ޑޮކްޓަރ ޢާއިޝަތު ރަމީލާ، އަލާސްކަންފުޅުގައި އުޅުއްވަމުންވެސް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބަ އާއި ފާގަތިކަން ހޯދައިދެނިވި މަގުން، ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް، ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު