ENGLISH

26 ނޮވެމްބަރު 2024

އެމްއައިއިބީ: ބޭންކިން ދާއިރާގެ އިތުރު ހަރުފަތަކަށް

02 ނޮވެމްބަރު 2024

|

ޝަރާ އަބްދުﷲ

އެމްއައިބީން ލޯންޗުކުރި "ފައިސާ ވެއާ"ގެ މައުލޫމާތު ހިއްސާކުރައްވަނީ. ފޮޓޯ: މިހާރު

މޯލޮޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރާއްޖޭގައި ބޭންކިން ދާއިރާއަށް މުޅިން އައު ޙިދުމަތްތަކެއް ރޭ ތައާރަފްކޮށްފިއެވެ.

ގިނަ ބައެއްގެ މެދުގައި މަޝްހޫރުކަން ހޯދަމުން އަންނަ އެމްއައިބީއިން އެޙިދުމަތްތައް ތައާރަފްކުރީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ގިނަ ޙިދުމަތްތަކެއް ތައާރަފްކުރި އެ ހަފްލާގައިވަނީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައެވެ.

·  ފައިސާ މޮބައިލް އެކްސް މޮބައިލް އެޕް

މިއީ އެމްއައިބީ އިން މިހާރު ގެންގުޅޭ މޮބައިލް ބޭންކިންގެ އަޕްގްރޭޑެޑް ވާޝަންއެކެވެ. މި އެޕަކީ އެއް އެޕަކުން އޮންލައިން ބޭންކިންގެ ޙިދުމަތްތަކެއް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. އަދި މިއެޕް މެދުވެރިކޮށް ކަސްޓަމަރުންގެ ހުރިހާ އެކައުންޓްތަކެއް މެނޭޖު ކުރެވޭނެއެވެ.

އޭގެ ތެރޭގައި އަމިއްލަ ވިޔަފާރީގެ ކޯޕަރޭޓް އެކައުންޓްތަކާއި އަމިއްލަ ވިޔަފާރީގެ ކޯޕަރޭޓް އެކައުންޓްތަކާއި ކުޑަކުދިންނަށް ހަދައި ދީފައިވާ އެކައުންޓްތައްވެސް ހިމެނެއެވެ.

ފައިސާ އެޕްނެޓް އައިޑީއާއި އީފާސް ބޭނުންކޮށްގެން މިއެޕަށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ބަޔޯ މެޓްރިކްސްގެ އެހީގައި ޕާސްވޯޑާ ނުލައި ފޭސް ރެކޮގްނިޝަން އިން އެޕަށް ވަދެ ބޭނުން ކުރެވޭނެއެވެ.

އެމްއައިބީގެ އާ ޕްރޮޑަކްޓު

އެޕްގެ ހުރިހާ ފީޗާއެއް ހޯމް ސްކްރީންގެ ކުއިކް އެކްޝަނަށް އެޑްކުރެވޭނެއެވެ. އެޕްގައި ހިމެނޭ "ކުއިކް ޓްރާންސްފާ" ފީޗާ މެދުވެރިކޮށް ސޭވްކޮށްފައި ހުރި ކޮންމެ ބޭންކެއްގެ އެކައުންޓަކަށްވެސް އުނދަގުލަކާނުލައި ޓްރާންސްފާކުރެވޭނެއެވެ.

މިއީ ރައްކާތެރި، ހަލުވި ބޭނުންކޮށްލަން ފަސޭހަ އެޕެއް ކަމަށް އެމްއައިބީއިން ބުންޏެވެ. މި އެޕް އަބަދުވެސް އަޕްޑޭޓްވެ، އިވޯލްވެ، އާ ފީޗާތައް އަޕްގްރޭޑްވޭވެ ހުންނާނެއެވެ.

އެއީ 100 ޕަސެންޓު ދިވެހި އުފެއްދުމެކެވެ.

މްއަިއބީ އިން ތައާރަފުކުރި "ބިންގާ"ގެ މައުލޫމާތު ރޭ ދެއްވަނީ. 

·  ބިންގާ އެކައުންޓް

މިއީ ކުޑަކުދިންނަށް ހާއްސަ، ކުޑަކުދިންނަށް ފައިސާ މެނޭޖުކުރަން ދަސްކޮށްދޭ އެޕެކެވެ.

"ބިންގާ" ގެ ނަމުގައި އެމްއައިބީ އިން ތިން ވައްތަރެއްގެ އެކައުންޓެއް ވަނީ ތައާރަފްކޮށްފައެވެ.

އެއީ:

 o  ބިންގާ ޓީއާރުއެކްސް: މިއީ އުމުރުން 7 އަހަރުން މަތީގެ ކޮންމެ ކުއްޖަކަށް ވެސް ބެލެނިވެރިޔެއް މެދުވެރިކޮށް ހެދޭނެ، އޮންލައިން ބޭންކިންގެ ހިދުމަތް ލިބޭނެ އެކައުންޓެކެވެ. ކުޑަކުދިންނަށް އެކުދިންގެ އާއްމު ދިރިއުޅުމަށް ބޭނުންވާ ޙަރަދުތައް ކުރުމަށް ޕޮކެޓު މަނީ ދީ، މާލީ ގޮތުން އެކުދިން ޒިންމާދާރުކޮށް، ހޭލުންތެރި ކުރުވުމަކީ މި އެކައުންޓުތަކުގެ މައިގަނޑު މަޤްސަދެވެ.

 o  ބިންގާ ސޭވިންގްސް: މިއީ ކުރު މުއްދަތުގެ އަމާޒުތަކަށް ވާސިލުވުމަށް ހުޅުވާ ސޭވިންގް އެކައުންޓެކެވެ. އާއިލާ މީހެއްގެ އުފަންދުވަހުގެ ހަދިޔާއަކަށް ނުވަތަ އަމިއްލައަށް އަގުހުރި އެއްޗެއް ގަތުމަށް ޕޮކެޓް މަނީ ސޭވްކޮށް ހެދޭނެ އެކައުންޓެކެވެ. މި އެކައުންޓުތައް އުފެއްދުމުގެ ބޭނުމަކީ ކުޑަކުދިން އަމިއްލައަށް އަގުހުރި ގަތުމަށް ފައިސާ ރައްކާކުރުމަށް ހިތްވަރުދިނުމެވެ.

 o  ބިންގާ އިންވެސްޓްމެންޓް: މިއީ ދިގު މުއްދަތަކަށް ސޭވް ކުރުމަށް ހުޅުވާ އެކައުންޓެކެވެ. ބޭނުމަކީ ކުޑަކުދިންގެ ކުރިމަގަށް ރައްކާކުރަން ބޭނުންވާ ފައިސާ ބެހެއްޓުމެވެ. މަތީ ތަޢުލީމަށް ކިޔެވުމަށް ނުވަތަ އެޕާޓްމެންޓެއް ގަތުން ފަދަ ބޮޑެތި ކަންކަމަށް އަމާޒުކޮށް "ބިންގާ އިންވެސްޓް" އެކައުންޓުތަކުގައި ފައިސާ ރައްކާ ކުރެވޭނެއެވެ. މިއީ ކުއްޖާއަށް 18 އަހަރުވުމުން އެކްސެސް ލިބޭނެ އެކައުންޓެކެވެ. ބިންގާގެ ސޭވިންގް އެކައުންޓުތަކަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.

"ބިންގާ" އިން ލިބޭ އެކައުންޓު ނަމްބަރަކީ ކޮންމެ ކުއްޖަކަށް 18 އަހަރު ފުރުމަށް ފަހު ވެސް ބޭނުން ކުރެވޭނެ އެކައުންޓް ނަންބަރެކެވެ.

"ބިންގާ"ގެ ދަށުން ކުޑަކުދިންނަށް ޑެބިޓު ކާޑާއި އޮންލައިން ބޭންކިންގެ ޙިދުމަތް ވެސް ވަނީ ތައާރަފްކޮށްފައެވެ.

އެމްއައިބީ އިން ބޭއްވި ހާއްސަ އިވެންޓު

·  "ފައިސާ ވެއާ" އަނގޮޓި

"ފައިސާ ވެއާ"ގެ ނަމުގައި އެމްއައިބީގެ ކަސްޓަމަރުންނަށް ހާއްސަކުރި އަނގޮޓިއަކީ ރާއްޖޭގައި ޕޭމަންޓުތައް ހެދުމަށް ތައާރަފްކުރި އަނގޮޓިއަކީ ރާއްޖެގައި ޕޭމަންޓުތައް ހެދުމަށް ތައާރަފްކުރި އެފަދަ ފުރަތަމަ ޕްރޮޑަކްޓެވެ. މި އަނގޮޓީގައި ހިމެނޭ ޓެކްނޮލޮޖީގެ އެހީގައި ކޭޝް ކާޑު މެޝިންތަކުގައި އަނގޮޓި ޓެޕް ކޮށްލައިގެން ފައިސާ ދެއްކޭނެއެވެ.

މިއީ ހުރިހާ މޫސުމަކާ ގުޅޭ، ދަލާއި ފެން ޖެހުނަސް ގެއްލުން ނުވާނެ ގޮތަށް ޑިޒައިން ކޮށްފައިވާ އަނގޮޓިއެކެވެ.

މިއީ ތަރައްގީ ވެފައިވާ ބޮޑެތި ގައުމުތަކުގައި ބޭނުން ކުރަމުންދާ ޓެކްނޮލޮޖީ އެކެވެ.

އެމްއައިބީ އިން ވަނީ މި އަނގޮޓީގެ އެކި ޑިޒައިންތައް ނެރެފަ އެވެ. މިއީ އެކި ސްޓައިލްތަކަށް ފެތޭނެ، ރީތި ސްޓައިލިޝް ޑިޒައިންތައް ހިމެނޭ ކަލެކްޝަނަކާ އެކު ނެރުނު އެއްޗެކެވެ. އެމްއައިބީގެ ކޮންމެ ކަސްޓަމަރަކަށް ވެސް އަނގޮޓި ބޭނުން ކުރެވޭނެ އެވެ. ކޭޝް ކާޑުގެ ބަދަލުގައި މި އަނގޮޓިން އެމްއައިބީގެ ކަސްޓަމަރުންނަށް އެމްއައިބީގެ ކާޑު ބޭނުން ކުރެވޭ ހުރިހާ ތަނަކަށް ފައިސާ ދެއްކޭނެ އެވެ.

އެމްއައިބީ އިން ތަފާތު އިންގިލާބީ ޕްރޮޑަކްޓުތަކެއް ނެރުމަށް ބޭއްވި ހާއްސަ ހަރަކާތް ނިންމާލީ ލައިޓް ޝޯއަކާއި ކުލަ ގަދަ ހަވާގެ ހަރަކާތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު