ENGLISH

14 ނޮވެމްބަރު 2025

Advertisement

ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް: ޅ. އަތޮޅުގެ ޗެމްޕިއަންކަން ކުރެންދޫ އަށް

14 ނޮވެމްބަރު 2025

|

މުޙައްމަދު އަދުހަމް

ޅ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ކުރެންދޫ ޓީމު، ޓްރޮފީއާއެކު. ފޮޓޯ: އެފްއޭއެމް

މިހާރު ކުރިއަށްދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ އުތުރު ރީޖަންގައި ހިމެނޭ ޅ. އަތޮޅުގެ ޗެމްޕިއަންކަން ކުރެންދޫ އިން ހޯދައިފިއެވެ.

ފަހަތުން އަރައި 3-2 އިން ކުރެންދޫ މެޗު ކާމިޔާބުކޮށް، ނައިފަރުގެ މައްޗަށް ކުރިހޯދީ 6-3 އެގްރިގޭޓުންނެވެ. 

ނައިފަރު ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ނައިފަރުން ވަނީ ފުރަތަމަ ހާފުގެ 37 މިނެޓުގެ ތެރޭގައި ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. ނައިފަރުގެ ފުރަތަމަ ލަނޑު، 29 ވަނަ މިނެޓުގައި އިމްރާން މުޙައްމަދު ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ މުޙައްމަދު ނަދީން އެވެ.

ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް، ކުރެންދޫގެ ފުރަތަމަ ލަނޑު ޖަހައިދިނީ އިޔާޒް އިލްޔާސް އެވެ. މި ގޯލާއެކު ނައިފަރުން ފުރަތަމަ ހާފު ނިންމާލީ 2-1 އިން ކުރީގައި އޮވެގެންނެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ސާލިމް އަބްދުﷲ ގެ ގޯލުން ކުރެންދޫން އެއްވަރުކުރިއިރު، އޭގެ ފަސް މިނެޓުފަހުން އައިމަން އިލްޔާސް ވަނީ އެ ޓީމަށް ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑު ނަގައިދީ، މޮޅު ކަށަވަރުކޮށްދީފައެވެ.

މި މެޗުން ހޯދި މޮޅާއެކު ނޯތު ރީޖަންގެ ޒޯން ދޭއްގެ ކޮލިފައިންގ ބުރަށް ޅ. އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގައި ކުރެންދޫން ޖާގަ ހޯދިއިރު، މި މެޗުން ބަލިވި ނައިފަރު ވަނީ އެ އަތޮޅުގެ ރަނަރަޕް ޓީމުގެ ގޮތުގައި މި ބުރުން ޖާގަ ހޯދައިފައެވެ. 

އެފްއޭއެމުން އެކުލަވާލި އާ ފޯމެޓާއެކު ފެށި މި ފަހަރުގެ އަތޮޅު މުބާރާތުގައި 49 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު