ENGLISH
17 ޖުލައި 2026
1958 ގެ ވޯލްޑް ކަޕް ފައިނަލުގައި ޕެލޭ ބޭނުންކުރި ޖާޒީ 4.9 މިލިޔަން ޑޮލަރަށް ވިކިއްޖެ
17 ޖުލައި 2026
|
1958 ގެ ވޯލްޑް ކަޕް ފައިނަލުގައި ޕެލޭ ބޭނުންކުރި ޖާޒީ ނީލަމުގައި --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
1958 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ފައިނަލުގައި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ދެ ލަނޑު ޖެހިއިރު ލައިގެން ހުރި ޖާޒީ، 4.9 މިލިޔަން ޑޮލަރަށް ނީލަމެއްގައި ވިއްކާލައިފިއެވެ. މިއީ މިހާތަނަށް ޕެލޭއާ ގުޅުންހުރި އާސާރީ އެއްޗަކަށް ލިބުނު އެންމެ ބޮޑު އަގެވެ.
ސްޓޮކްހޯމްގައި ކުޅުނު މި ފައިނަލުގައި ސްވިޑަން 5-2 ގެ ނަތީޖާއަކުން ބަލިކޮށް، ބްރެޒިލުން ފުރަތަމަ ވޯލްޑް ކަޕް ތަށި އުފުލާލިއިރު، އުމުރުން އެންމެ 17 އަހަރުގެ ޕެލޭ ލައިގެން ހުރި މި 10 ނަންބަރު ޖާޒީ ހޯދުމަށް 10 ބިޑު ހުށަހެޅި ކަމަށް ނީލަން ބޭއްވި އިދާރާއިން ބުނެއެވެ.
1958 ގެ ވޯލްޑް ކަޕް ފައިނަލުގައި ޕެލޭ ބޭނުންކުރި ޖާޒީ ނީލަމުގައި --- ފޮޓޯ: ރޮއިޓަރސް
މިއީ ނީލަމެއްގައި މިހާތަނަށް ވިއްކާލި ދެވަނައަށް އެންމެ އަގުބޮޑު ފުޓްބޯޅަ ޖާޒީއެވެ. މި ލިސްޓުގެ އެއްވަނައިގައި ވަނީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާއިން އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި "ހޭންޑް އޮފް ގޯޑް" ލަނޑު ޖެހިއިރު ލެޖެންޑް ޑިއޭގޯ މަރަޑޯނާ ލައިގެން ހުރި ޖާޒީއެވެ. އެ ޖާޒީ 2022 ވަނަ އަހަރު ވިއްކާލާފައިވަނީ 9.3 މިލިޔަން ޑޮލަރަށެވެ.
2022 ވަނަ އަހަރު އުމުރުން 82 އަހަރުގައި އަވަހާރަވި ޕެލޭއަކީ، 1958 ވަނަ އަހަރުގެ ފައިނަލުގައި ދެ ލަނޑު ޖަހައި، ވޯލްޑް ކަޕް ފައިނަލެއްގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑު އަދިވެސް އޮތް ކުޅުންތެރިޔާއެވެ.
ނީލަން ބޭއްވި އިދާރާއިން ހާމަކުރި ގޮތުގައި، މި ޖާޒީ މީގެ ކުރިން 2004 ވަނަ އަހަރު ނީލަމެއްގައި ވިއްކާލާފައިވަނީ 70،505 ޕައުންޑް (105،600 ޑޮލަރު) އަށެވެ.