ENGLISH
06 ނޮވެމްބަރު 2025
މަރަދޫ ފޭދޫގައި ސްވިމިންގ ޓްރެކެއް ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
05 ނޮވެމްބަރު 2025
|
މަރަދޫ ފޭދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސްވިމިންގ ޓްރެކުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ސްވިމިންގ ޓްރެކެއް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ މަނިކުފާނު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި ސްވިމިންގ ޓްރެކުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހިމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސަޢުދީ އެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، ފްލޯޓިން ޕޮންޓޫން ބޭނުންކޮށްގެން 25 މީޓަރު ދިގު އަދި 20 މީޓަރު ފުޅާ ސްވިމިންގ ޓްރެކެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ގާތްގަނޑަކަށް އަށް ލައްކަ ރުފިޔާ އަށެވެ.
މަރަދޫ ފޭދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސްވިމިންގ ޓްރެކުގެ މަސައްކަތް ނިމިގެންދިއުމާއެކު، ރަށުގެ ދުވަސްވީ މީހުންނާއި ޒުވާނުންނާއި އަދި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ އެވެ. އަދި، މިއީ އެ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިގެންދާނެ ކަމެއް ވެސް މެއެވެ.