ENGLISH
03 ފެބްރުއަރީ 2026
އައްޑޫއަށް އިރުތު 2 ޖަނެރޭޓަރު ފޮނުވަނީ
26 އޮކްޓޯބަރު 2025
|
އައްޑޫއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖަނެރޭޓަރ ލޯޑްކުރުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:ފެނަކަ
އެންމެ މަޤްބޫލު
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 1.8 މެގަ ވޮޓުގެ އައު ދެ ޖަނެރޭޓަރު އެސިޓީއަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، އެ ދެޖަނެރޭޓަރު އައްޑޫ ސިޓީއަށް ގެންދިއުމަށްޓަކައި މިހާރު ލޯޑު ކުރެވިފައިވާ ކަމަށެވެ.
އައްޑޫއަށް ދިމާވެފައިވާ ކަރަންޓް މައްސަލަ ހައްލު ކުރުމުގެ ގޮތުން، މި މަހު 23 ވަނަދުވަހު 1.6 މެގަވޮޓުގެ ޖަނަރޭޓަރެއް ވަނީ ގެންގޮސް އިންސްޓޯލް ކޮށްފައެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން މިއަހަރުގެ މާރިޗު މަހު ވެސް ފެނަކައިން ވަނީ 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންގޮސްފައެވެ. އަދި، އަހަރުގެ ކުރީކޮޅު ވެސް ޖަނަރޭޓަރެއް އައްޑޫ ސިޓީއަށް ގެންދިޔައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވީ އައްޑޫގެ ސެންޓްރަލް ޕަވަރ ސްޓޭޝަނުގައި ބޭނުން ކުރަމުންދާ ޖަނަރޭޓަރުތައް ޤަވާއިދުން މަރާމާތު ނުކުރުމުގެ ސަބަބުންނެވެ. އެހެންނަމަވެސް، އެމައްސަލަ ގާތުން ބަލައި މުޅި އައްޑޫ ސިޓީއަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި މިހާރު އަންނަނީ ވަސީލަތްތައް އިތުރުކުރަމުންނެވެ.