ENGLISH
03 ފެބްރުއަރީ 2026
ބޮޑުފުޅަދޫ ހިއްކި ސަރަހައްދުގެ ބޭރުތޮށިލުމުގެ މަސައްކަތް ކުރިއަށް
26 އޮކްޓޯބަރު 2025
|
ބޮޑުފުޅަދޫ ބިންހިއްކުމާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
އއ. ބޮޑުފުޅަދޫ ބިންހިއްކުމާ ގޮނޑުދޮށް ހިމާޔަަތް ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރުތޮށިލުމުގެ މަސައްކަތް ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ސައިޓްގައި މިހާރު ކުރިއަށްދަނީ ބޭރުތޮށީގައި ހިލަޖެހުމުގެ މަސައްްކަތް ކަމަށެވެ. މި މަޝްރޫޢުގެ 86 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ބޮޑުފުޅަދޫގެ އާބާދީ އިތުރުވެ، ރަށުން ގޯތި ދޭނެ ބިމެއް ނެތި ގޯތި ނުލިބުމަކީ އެރަށު މީހުންގެ ގިނަދުވަސްވީ ޝަކުވާއެކެވެ.
އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ އޮގަސްޓް މަހު ކުރެއްވި ޒިޔާރަތުގައި، ބޮޑުފުޅަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ރަށުގައި 50 ހައުސިންގް ޔުނިޓްގެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
ބޮޑުފުޅަދޫއަށް ގެދޮރުގެ މައްސަލަ ބޮޑުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަޝްރޫއު ނިމުމުން ގެދޮރުގެ މަސައްލަ ހައްލުވެގެންދާނެ ކަމަށެވެ.
ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 74.12 މިލިއަން ރުފިޔާއަށެވެ.