ENGLISH

03 ފެބްރުއަރީ 2026

Advertisement

ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފައުންޑޭޝަން އަޅައިފި

26 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ހއ. ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިމާރާތް ކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އާރްޑީސީ

ހއ. ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފައުންޑޭޝަން އަޅާ ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

އާރުޑީސީން ބުނީ މިހާރު ކުރިއަށް ދަނީ ޓައި ބީމް ލީން އެޅުމުގެ މަސައްކަތްކަމަށެވެ.

ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެ ދާއިރާގެ މަޖްލިސް މެމްބަރު، އަބްދުލް ލަޠީފް މުޙައްމަދު އެވެ. އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު މި ސެންޓަރުތަކުގައި އިންޑޯ ޖިމާއި އެރޮބިކްސް އާއި އެކި ކަހަލަ ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.

ދިއްދޫގައި މިހާރު ހުރީ ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ގާއިމްކޮށްފައިވާ ޒުވާނުންގެ މަރުކަޒެކެވެ. އާ ފިޓްނެސް ސެންޓަރާ އެކު، ދިއްދޫގެ ޒުވާނުންނާއި އެކި އުމުރުފުރާތަކުގެ މީހުން ކަސްރަތު ކުރުމާއި އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު