ENGLISH

30 އޮކްޓޯބަރު 2025

Advertisement

އައްޑޫ ވޯޓް: މާދަމާގެ ވޯޓަށް އިލެކްޝަންސް ކޮމިޝަން ސަތޭކަ ޕަސެންޓް ތައްޔާރު

24 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު

އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ފެނޭތޯ ބެލުމަށް، މާދަމާ އައްޑުއަތޮޅު ހުޅުދޫ އާއި އައްޑުއަތޮޅު މީދޫ އާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓަށް ފުރިހަމައަށް ތައްޔާރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ މާދާމާގެ ވޯޓަށް ކޮމިޝަނުން ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައިވާ ކަމަށެވެ. ވޯޓް ނެގުން އޮންނާނީ ހެނދުނު 8:00 އިން ހަވީރު 4:00 އެވެ. އަދި އެހެނިހެން އިންތިޚާބުތަކެކޭ އެއްގޮތަށް ވޯޓް ގުނުމާއި ވަގުތީ ނަތީޖާ އިއުލާނު ކުރުން އޮންނާނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނުން މިކަމަށް -- ޚިޔާލު ހޯދުމުގެ ވޯޓަށް -- ސަތޭކަ ޕަސެންޓް ތައްޔާރު,"

ޒާހިދު ވިދާޅުވީ ވޯޓާއި ގުޅިގެން ދެފުށް ފެންނަ ގޮތަށް ކަންކަން އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް އިންތިޚާބެއްގައި އެ ކޮމިޝަނުން ނެރެން ޖެހޭ ވަކި ނަތީޖާއެއް ނޯންނާނެ ކަމަށެވެ.

ވޯޓަށް ހޭލުންތެރި ކުރެވުނު

މާދަމާގެ ވޯޓާއި ގުޅޭގޮތުން ޒާހިދު ވިދާޅުވީ މި ވޯޓަށް ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ހުރިހާ ޓީވީ ސްޓޭޝަންތަކާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމެއް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެންމެ ފަހު ވަގުތާއި ހަމައަށްވެސް އެ މަސައްކަތް ކޮމިޝަނުން ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މިރޭވެސް މި ތިން ރަށުގެ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބޭއްވުމަށް. މިރޭ 8:15 ގައި އެ ސެޝަންތައް ތިން ރަށުގައި އޮންނާނެ," ޒާހިދު ވިދާޅުވި އެވެ.

ޒާހިދު ވިދާޅުވީ އާންމުން ހޭލުންތެރިކުރުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ވާހަކަތަކާއި ވޯޓް ނެގުމުގެ ބޭނުމާއި ވޯޓްގެ ބޭނުމާއި ގުޅޭގޮތުން ތަފްސީލީ މައުލޫމާތުތަކެއް ހިއްސާކުރަމުންދާ ކަމަށެވެ.

ހޮނިހިރު ދުވަހު، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުން، އެ ތިން ރަށުގެ ރައްޔިތުން ވަކި ކައުންސިލުތައް އުފައްދަން ނުވަތަ، އެނޫން އެހެންގޮތަކަށް ނިންމެވިޔަސް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކޮންމެކަމެއްގައި ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު