ENGLISH

23 އޮކްޓޯބަރު 2025

Advertisement

ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ދެ މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

23 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ދެ މަސްދުވަހަށް ސަސްޕެންޑްކޮށްފި އެވެ.

ގާޒީ ފާއިޒް 60 ދުވަހަށް ސަސްޕެންޑް ކޮށްފައިވާކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ ހާމަކަޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ ފާއިޒް ސަސްޕެންޑް ކުރީ ބަލަމުން އަންނަ ދެ މައްސަލައަކާއި ގުޅިގެން އިއްޔެ އިން ފެށިގެން ކަމަށެވެ.

މިއީ ފަނޑިޔާރެއް ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތުކަމުގައި ވާއިރު، މައްސަލަ ބެލި ނިމެންދެން ފާއިޒް މަސައްކަތުން ދުރުކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ އޭނާގެ ފަރާތުން ނިންމާފައިވާ ބަންދުގެ ދެ މައްސަލައަކާ ގުޅިގެންނެވެ.

ފާއިޒް ސަސްޕެންޑް ކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ބަންދުން ދޫކޮށްލުމާއި، މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއްގެ ބަންދާ މެދު އަމަލުކުރި ގޮތުގެ މައްސަލައަކާއި ގުޅިގެންނެވެ. މި ދެ މައްސަލާގައި ފާއިޒް އަމަލުކޮށްފައިވާ ގޮތާމެދު ދައުލަތުން ވަނީ ސުވާލު އުފައްދާފަ އެވެ. އަދި އެ ދެ މައްސަލާގައި ނިންމި ނިންމުން ވެސް މަތީ މަރުހަލާއަށް ގެންގޮސްފަ އެވެ.

ފަނޑިޔާރަކާއި ގުޅޭ މައްސަލައެއްގައި ސަސްޕެންޑް ކުރެވޭނެ އެންމެ ދިގު މުއްދަތަށް ފާއިޒު ސަސްޕެންޑްކުރިިއިރު މީގެ ކުރީން ވެސް ދެތީން ފަހަރަކު އޭނާ ސަސްޕެންޑް ކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު