ENGLISH
03 ފެބްރުއަރީ 2026
ހުޅަނގު އައްސޭރީ ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ހަދަން އުޅޭ މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި
23 އޮކްޓޯބަރު 2025
|
ހުޅަނގު އައްސޭރި. --ފޮޓޯ: އޭއެފްޕީ
އެންމެ މަޤްބޫލު
ފަލަސްތީނުގެ ހުޅަނގު އައްސޭރިއަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ޔަހޫދީ ދައުލަތުގެ ޕާލަމެންޓުން ފާސްކުރި ޑްރާފްޓް ގާނޫނު ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ދިވެހި ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ބިންތަކުގެ މައްޗަށް އިޒްރޭލުން ވެރިވެރިގަތުމަށް ކުރާ މަސައްކަތް ރާއްޖެއިން ކުށްވެރިކުރާ ކަމަށެވެ. އަދި އިޒްރޭލުގެ ޕާލަމެންޓުގެ މި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަދި އެކަމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވާނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ރާއްޖެއިން އަބަދުވެސް ގޮވާލާ ގޮވާލުން ތަކުރާރުކުރަމުން، ޚާރިޖިއްޔާ އިން ބުނީ އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަށް އެ ގައުމު ޒިންމާ ކުރުވަން ޖެހޭނެ ކަމަށެވެ.
ފަލަސްތީނު މައްސަލާގައި ރާއްޖެއިން އަބަދުވެސް ގަބޫލްކުރާ ގޮތަކީ 1967 ވަަނަ އަހަރުގެ ކުރިން އޮތްގޮތަށް ދެ ގައުމު ވަކިވެ ފަލަސްތީނަކީ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ގޮތުން ކަމަށް ވެސް ބުނެފައިވެ އެވެ. އެ ދައުލަތުގެ ވެރިރަށަށް ވާންޖެހޭނީ އިރުމަތީ ގުދުސް ކަމަށް ވެސް ރާއްޖެ އިން ގަބޫލް ކުރެ އެވެ.