ENGLISH

23 އޮކްޓޯބަރު 2025

Advertisement

އއ. ބޮޑުފުޅަދޫ އައުޓްޑޯ ޖިމްގެ މަސައްކަތް ބާރަށް ކުރިއަށް

23 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

އއ. ބޮޑުފުޅަދޫ އައުޓްޑޯ ޖިމްގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ލޭންޑްސްކޭޕިންގެ މަސައްކަތް ކަމަށެވެ. މި މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ބޮޑުފުޅަދޫ އައުޓްޑޯ ޖިމް ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރު މާރޗް 29 ގައެވެ.

ސަރުކާރުން މި މަޝްރޫއަށް 291,574 ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފަ އެވެ.

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިކަން ކާމިޔާބުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 71 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މި އަހަރު އޮގަސްޓުމަހު 19 ވަނަ ދުވަހުއެވެ. 

މި މަޝްރޫއުގެ ސަބަބުން ބޮޑުފުޅަދޫ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ވަސީލަތްތައް ފަސޭހައިން ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު