ENGLISH
23 އޮކްޓޯބަރު 2025
ސްޓެލްކޯގެ ފަސްލައްކަ ގަސްއިންދުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް
23 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިޒު އިޢުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، ސްޓެލްކޯއިން އިންދުމަށް ނިންމާފައިވާ ފަސްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ 5 ލައްކަ ގަސްއިންދުމުގެ އަމާޒުގެ ތެރެއިން ޖޫން 5، 2024 އިން ފެށިގެން އޮކްޓޫބަރ 20، 2025 އާ ހަމައަށް 74،282 ގަސް އިންދާފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނީ 74،282 ގަސް އިންދާފައި ވަނީ ސްޓެލްކޯއިން ޙިދުމަތްދެމުން އަންނަ ރަށްރަށުގައި ކަމަށެވެ.
ސްޓެލްކޯގެ އަމާޒުކަމުގައިވާ 5 ލައްކަ ގަސް އިންދުމަށްޓަކައި، ބާކީ 425،718 ގަސް އިންދަންޖެހެއެވެ.
މި ދައުރުގެ ތެރޭގައި 5 މިލިޔަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވީ 2023ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކޮޕް-28 ސަމިޓުގައި ދެއްވި ތަޤުރީރުގައެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދަމަހައްޓައި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމެވެ.