ENGLISH
23 އޮކްޓޯބަރު 2025
ށ. ބިލެއްފަހީގެ ފިޓްނަސް ސެންޓަރުގެ ފައުންޑޭޝަންގެ މަސައްކަތް ކުރިއަށްދަނީ
23 އޮކްޓޯބަރު 2025
|
ށ.ބިލެއްފަހި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ ފައުންޑޭޝަން އެޅުމަށް ކޮނުމުގެ މަސައްކަތް ކަމަށެވެ.
ބިލެއްފަހީގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ، ށ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަަށް މި މަހު ރައީސުލް ޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައި ދެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރޓ) މުޙައްމަދު ސަޢުދީއެެވެ. އަދި މި ރަސްމިއްޔާތުގައި ބިލެއްފަހި ކައުންސިލްގެ މެމްބަރުންނާއި، ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބިލެއްފަހި އެފްއާރުސީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 4.56 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން 4005 އަކަފޫޓުގެ ސަރަހައްދެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު މި ސެންޓަރުގައި އެކި ކަހަލަ ބޯޑު ގޭމުތަކާއި އިންޑޯ ޖިމާއި އެރޮބިކްސް ފަދަ ކަސްރަތުތައް ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.