ENGLISH

23 އޮކްޓޯބަރު 2025

Advertisement

ހިތަދޫގެ ގެއެއްގެ ތެރޭގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނުން: ތުހުމަތު ކުރެވޭ ކަމެއް ފާހަގައެއް ނުވޭ

22 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ހިތަދޫގައި ހުންނަ ހޮސްޕިޓަލް -- ފޮޓޯ: އާތިފް

އައްޑޫސިޓީ ހިތަދޫގެ ގެއެއްގެ ތެރޭގައި ދެމަފިރިން ނިޔާވެފައި އޮއްވާ ފެނުނު މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ދެ މީހަކު ނިޔާވެފައި އޮއްވާ ފެނިގެން އެކަން ރިޕޯޓް ކޮށްފައިވާ ކަމަށާ އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށް ބުނީ މިއަދު ހަވީރު އެވެ.

ފުލުހުން މިހާރު ވަނީ ނިޔާވެފައި އޮއްވާ ފެނުނު ދެ މީހުންގެ މައުލޫމާތު އާންމުކޮށްފަ އެވެ. އެއީ;

* އިބްރާހިމް އަބްދުﷲ - ކުރޭންގެ / ހިތަދޫ (އުމުރުން 60 އަހަރު)

* ފަރަހަނާޒް ރަޝީދު - ނާރެސް / މަރަދޫ (އުމުރުން 52 އަހަރު)

ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.

އެމްއެމްޓީވީއަށް އިތުބާރު ހުރި މަސްދަރުތަކުން ޔަޤީން ކުރެވުނު ގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ދެމަފިރީންނެވެ.

ކިޔުންތެރިންގެ ހިޔާލު