ENGLISH

23 އޮކްޓޯބަރު 2025

Advertisement

އައްޑޫސިޓީ ހިތަދޫގެ ގެއެއްގެ ތެރޭގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

22 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

އައްޑޫ ސިޓީ ހިތަދޫ --

އައްޑޫސިޓީ ހިތަދޫގެ ގެއެއްގެ ތެރޭގައި ދެމަފިރިން ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ އެކަން ޔަޤީންކޮށްދީފަ އެވެ. ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ދެ މީހަކު ނިޔާވެފައި އޮއްވާ ފެނިގެން އެކަން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށްވެސް ބުންޏެވެ. ނިޔާވެފައި ވަނީ އަންހެނަކާއި ފިިރިހެނެއް ކަމަށްވެސް ބުންޏެވެ.

އެމްއެމްޓީވީއަށް އިތުބާރު ހުރި މަސްދަރުތަކުން ޔަޤީން ކުރެވުނު ގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ދެމަފިރީންނެވެ.

ކިޔުންތެރިންގެ ހިޔާލު