ENGLISH
23 އޮކްޓޯބަރު 2025
މޫސުން ވަރަށް ގޯސް؛ އުތުރަށް ރީނދޫ ސަމާލު ނެރެފި
22 އޮކްޓޯބަރު 2025
|
މޫސުން ގޯސް ދުވަހެއް --
ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ އުރުތުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށް، މިއަދު 14:00 އިން ފެށިގެން 18:00 އާއި ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އިދާރާއިން ހުދު ސަމާލު ނެރުނީ ކ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށެވެ. އެ ސަމާލު ވެސް ނެރުނީ މެންދުރު 14:30 އިން ރޭގަނޑު 20:30 އަށެވެ.
އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ ވައިބާރުވުމާއިއެކު ކަނޑުތައް ގަދަވެ ވިއްސާރަކުރާނެކަމަށް ލަފާކޮށްފަ އެވެ. އެގޮތުން އަންނަ ހުކުރު ދުވަހާއި ހަމައަށް ވައިބާރުގެ ވިލާގަނޑުގައި އިތުރަށް ވައިގަދާނެ ކަމަށާއި އާއްމުކޮށްވެސް ކަނޑުތައް ގަދަވެވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން، މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމާއިއެކު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުންނާއި، ފުލުހުންނާއި އަދި އެމްއެންޑީއެފުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.