ENGLISH

23 އޮކްޓޯބަރު 2025

Advertisement

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢު ނިމުމާ ގާތަށް

22 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ ތެރެއިން.. ފޮޓޯ: އެމްޓީސީސީ

ށ. ކޮމަންޑޫގައި ކުރިއަށްދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އާއި ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢު ނިމެން ގާތްވެފައިވާ ކަމަށް އެ މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ ދެ ކޮމަންޑޫ ގުޅާލުމަށް ފާލަން އެޅުމަށް ތަނބުޖެހުމުގެ މަސައްކަތް ކަމަށެވެ.

މުޅި  މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި މި މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ. 

މި މަޝްރޫއުގެ ދަށުން ށ. ކޮމަންޑޫގައި 1،690 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމާއި، 16.7 ހެކްޓަރު ސަރަޙައްދެއް މަތިކޮމަންޑޫގައި ހިއްކުމާއި، 1،520 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ތޮޓެއް ލުމާއި، ޖުމްލަ 353 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ފައިކަށި ޖެހުމާއި އަދި 112 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ޖެހުން ހިމެނެ އެވެ. އަދި ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު، 200 މީޓަރު ދިގުމިނުގެ ލިންކަކުން ގުޅުވާލުން ހިމެނެއެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތަކީ ސަރުކާރުން 249 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުކެވެ.

ކިޔުންތެރިންގެ ހިޔާލު