ENGLISH
30 އޮކްޓޯބަރު 2025
އއ. ފެރިދޫގެ ފުލުހުންގެ އިދާރާގެ މަސައްކަތް ފަށައިފި
22 އޮކްޓޯބަރު 2025
|
އއ.ފެރިދޫ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ:އެމްޓީސީސީ
އއ. ފެރިދޫގައި ގާއިމްކުރާ ފުލުހުންގެ އިދާރާގެ މަސައްކަތް ފަށާފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ ފުލުހުންގެ އިދާރާގެ ގްރައުންޑް ބީމް ރެއިންފޯސްމަންޓްގެ މަސައްކަތް ކަމަށެވެ. މި މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ފެރިދޫގައި ފުލުހުންގެ އިދާރާގެ ބިންގާ އަޅާފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ އއ. އަތޮޅަށް މި އަހަރު އޮގަސްޓް މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޚާއްސަ ރަސްމިޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ފޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމާހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ތިބެ ޚިދުމަތް ދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ރޭ ވަނީ ފުރިހަމަ ކުރައްވައިފި އެވެ. އެ ތާރީޚުގެ ދެ މަސް ދުވަސް ކުރީން އެ ވަޢުދުފުޅު ވަނީ ފުރިހަމަވެގެން ގޮސްފަ އެވެ. ލ. ގަމުގައި ރޭ އޮތް ޖަލްސާގައި ރަައީސް ވިދާޅުވީ އިއްޔެއިން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ތިބެ ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް މިންވަރަކަށް ޤާއިމުވެފައި ނެތް 66 ރަށް އޮތެވެ. އަދި ބައެއް ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދެމުން ދަނީ އަމިއްލަ މީސް މީހުންގެ އިމާރާތްތައް ކުއްޔަށް ނަގައިގެންނެވެ.